ބީލަން
ނަންބަރު: (IUL)28-FA-1/1/2025/104
ޕަބްލިޝްކުރި ތާރީޚް: 10 މޭ 2025
ޕަބްލިޝްކުރި ގަޑި: 22:21
ސުންގަޑި: 19 މޭ 2025 10:30
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
70 (ހަތްދިހަ) ވޯލް މައުންޓް އެއަރ ކޮންޑިޝަން ސިސްޓަމާއި އެއާއި ގުޅޭ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީހިސާބުބޭނުންވެއްޖެ.

70 (ހަތްދިހަ) ވޯލް މައުންޓް އެއަރ ކޮންޑިޝަން ސިސްޓަމާއި އެއާއި ގުޅޭ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާ ގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.

މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 19 މެއި 2025 ވަނަ ދުވަހުގެ 10:30 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 407.00ރ (ހަތަރު ސަތޭކަ ހަތް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ އަންދާސީހިސާބު ހުށަހަޅާ ތާރީޚުން ފަށައިގެން 90 (ނުވަދިހަ) ދުވަހެވެ. މި ބިޑް ސެކިއުރިޓީ ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާހިސާބު ބާޠިލްވާނެއެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.

 

  • އީމެއިލް އެޑްރެސް: [email protected]
  • ފޯން: 9772601 , 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
  • ވެބްސައިޓް: https://bit.ly/3m9zDGW

 

‏12‏ ޛުލްޤަޢިދާ‏ 1446

‏10‏ މެއި‏ 2025

 

 

10 މޭ 2025