ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-K/1/2015/30
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:45
ސުންގަޑި: 15 ސެޕްޓެންބަރު 2015 12:00
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޝެއަރޑް ރެސްޕޮންސިބިލިޓީ ޕްރޮގްރާމްއާ ގުޅޭ

އިޢުލާން

ޤާނޫނު ނަންބަރު 1/2007 އިމިގްރޭޝަން ޤާނޫނާއި ޤާނޫނު ނަންބަރު 2/2008 "ވަޒީފާއާބެހޭ" ޤާނޫނުގެ 63 ވަނަ މާއްދާއިން ބާރުލިބިގެން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިގެން ރާއްޖެ އައުމަށްފަހު، ވަޒީފާ ދޭ ފަރާތުގެ އިހުމާލުން ނުވަތަ އެނޫންވެސް ގޮތަކުން ގަވާޢިދާ ޚިލާފުވެފައިވާ ބިދޭސީން، ގަވާއިދަށް ފެއްތުމުގެ މަޤުޞަދުގައި މި ޑިޕާޓްމަންޓުން ތަޢާރަފު ކޮށްފައިވާ "ޝެއަރޑް ރެސްޕޮންސިބިލިޓީ ޕްރޮގްރާމް" ގެ ދަށުން ވަޒީފާ ބަދަލުކުރުމުގެ ފުރުޞަތު ގަވާއިދުން ރަޖިސްޓަރީ ކޮށްގެން ހިންގާ ކުންފުނިތަކަށާއި އަދި އެމްޕްލޯއިމަންޓް އޭޖެންސީ މެދުވެރިކޮށް ޢާންމު ފަރުދުންނަށް ހުޅުވާލުމަށް ނިންމައިފީމެވެ. ޢާންމު ފަރުދުން މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ، އެމްޕްލޯއިމަންޓް އޭޖެންސީ މެދުވެރިކޮށެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މި ޑިޕާޓްމަންޓްގެ ވެބްސައިޓް (www.immigration.gov.mv) އިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިކަން ހުރި ކުންފުނިތަކާއި އެމްޕްލޯއިމަންޓް އޭޖެންސީތަކުން 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ޑިޕާޓްމަންޓްގެ އެކްސްޕެޓްރިއޭޓް މޮނިޓަރިންގ އެންޑް ރިޕެޓްރިއޭޝަން ސެކްޝަން އަށް ކުންފުނި/އެމްޕްލޯއިމަންޓް އޭޖެންސީ ތަކުގެ ފުރިހަމަ ކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއި ޕްރޮފައިލް ހުށަހެޅުމުން، މި ޑިޕާޓްމަންޓުން އެ ފަރާތްތައް ސްކްރީން ކުރުމަށްފަހު، ހަމަޖެހިފައިވާ އުސޫލުން "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ" ގެ ދަށުން ކުރިއަށް ގެންދެވޭނެ ވާހަކަ އަންގައި އިޢުލާން ކުރީމެވެ.

08 ޛުލްޤަޢިދާ 1436

23 އޮގަސްޓް 2015