ދިވެހިރާއްޖެ
އިޢުލާން
މިޑިޕާޓްމަންޓްގެ އިޢުލާން ނަންބަރު IUL)94-D/1/2015/27) އާ ހަވާލާދީ ދަންނަވަމެވެ.
މިއިޢުލާން ގެޒެޓްކުރެވޭ ތާރީޚުން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާ ވީޒާތަކަށް އެދޭ ބިދޭސީން އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ދޫކުރާ 'އެކްސްޕެޓްރިއޭޓް ހެލްތް އިންޝުއަރެންސް ޕޮލިސީ' ގައި ބައިވެރިވެފައިވާ ކަމުގެ ލިޔުމާއި، ރާއްޖޭގައި ޞިއްޙީ ފަރުވާފޯރުކޮށްދޭ މަރުކަޒަކުން ހަދާފައިވާ މެޑިކަލް ރިޕޯޓު ހުށަހެޅުމަށް ދެންނެވީމެވެ.
- ޑިޕެންޑެންޓް ވީޒާ
- މެރިޖް ވީޒާ
- ސްޓޫޑަންޓް ވީޒާ
- 03 މަހަށް ވުރެ ދިގު މުއްދަތަކަށް ސެޕެޝަލް ވީޒާ ތިއްބަވާ ފަރާތްތައް
އަދި ދަންނަވަމެވެ. ކުންފުނިތަކުންނާއި އަމިއްލަ ފަރުދުންގެ ސްޕޮންސަރގެ ދަށުން ގެންނަ ބިދޭސީންގެ "ސްޕޮންޝިޕް ޑިކްލަރޭޝަން ފޯމު" ހުށަހަޅާއިރު އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ދޫކުރާ 'އެކްސްޕެޓްރިއޭޓް ހެލްތު އިންޝުއަރެންސް ޕޮލިސީ' ގައި ބައިވެރިވެފައިވާ ކަމުގެ ލިޔުން ހުށަހަޅަންޖެހޭގޮތަށް ބަދަލުގެނެވިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
08 ޛުލްޤަޢިދާ 1436