ދިވެހިރާއްޖެ
ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މި ކައުންސިލް އިދާރާއަށް ކާރެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު: (IUL)234-A/234/2025/3 ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގެ ކުރިން މިއިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ހުށައެޅޭ ބީލަންތައް ހުޅުވުން އޮންނާނީ 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުށަހެޅުއްވި ހުރިހާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަމާއި ފޯން ނަމްބަރު ލިޔެފައެވެ.
މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް، މި އިދާރާއިން ލިބިލައްވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މި ކައުންސިލްގެ ފޯން ނަންބަރު: 6680507 އަށް ގުޅުއްވުމުން ލިބިލައްވާނެއެވެ.
10 ޛުލްޤައިދާ 1446
08 މެއި 2025
ޢަލީ ނަޞީރު
އަތޮޅު ކައުންސިލްގެ ރައީސް