ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD/IU/2025/0208
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2025
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 15 މޭ 2025 23:58
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ސީނިއަރ އެކައުންޓްސް އޮފިސަރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

އިންޖިނިއަރިންއެންޑް ރިޕެއަރ ޑިވިޜަން – ކ. ތިލަފުށި

އަދަދު

 01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 13،300 ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވާނަމަ 2500ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވާނަމަ 1500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑިއިރު

ޝަރުޠު

  • އެކައުންޓިންގ ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މަގާމާއި  ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • އެކައުންޓިންގ ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުންހުރި ދާއިރާއަކުން  3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ސީނިއަރ އެކައުންޓްސް އޮފިސަރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވަޜަން - އެމްޓީސީސީ ޓަވަރ

އަދަދު

 01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 13،300ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައި ވާނަމަ މަހަކު 2،500ރ ނުވަތަ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައި ވާނަމަ މަހަކު 1،500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 8 ގަޑިއިރު

ޝަރުޠު

  • އެކައުންޓިންގ އެންޑް ފައިނޭންސިންގ އިން އެމްއެންކިއުއެފް ލެވެލް 07 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމައި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • އެކައުންޓިންގ އެންޑް ފައިނޭންސިންގ އިން އެމްއެންކިއުއެފް ލެވެލް 05 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމައި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2025 މޭއި 15 ވަނަ ދުވަހުގެ  23:59ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  2025 މޭ 16 ން 2025 މޭ 30އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

 

08 މޭ 2025