ޢާންމު މަޢުލޫމާތު
ނަންބަރު: CBM/IUL/2015/02
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:26
ސުންގަޑި: 06 ސެޕްޓެންބަރު 2015 13:00
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ، މެންބަރަކު އިންތިޚާބުކުރުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ، މެންބަރަކު އިންތިޚާބުކުރުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ކްރިކެޓް ބޯޑުގެ ހިންގާ ގަވާއިދުގެ 18 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެކުލަވައިލާފައިވާ ކްރިކެޓް ބޯޑުގެ އެގްޒެކެޓިކް ކޮމިޓީގައި ހިމެނޭ، މި ބޯޑުގެ ފުރިހަމަ މެންބަރުންގެ ތެރެއިން ޢައްޔަންކޮށްފައިވާ މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މި ބޯޑުގެ ފުރިހަމަ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ކްލަބް، ޖަމުޢިއްޔާތަކަށް ހުޅުވާލަމެވެ. މިގޮތުން ހުށަހަޅުއްވާ މެންބަރަކީ، އެ ކްލަބެއް، ނުވަތަ އެ ޖަމުޢިއްޔާއެއްގައި ރަޖިސްޓަރީވެފައިވާ މެންބަރަކަށް ވާންޖެހޭނެއެވެ.

ވީމާ، މެންބަރުގެ މަގާމަށް އިންތިޚާބުކުރުމަށް ހުށަހަޅުއްވާ ބޭފުޅުންގެ ނަންފުޅުތައް، ތިރީގައިވާ މަޢުލޫމާތާއެކު 6 ސެޕްޓެންބަރު 2016 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބޯޑަށް ހުށަހެޅުއްވުން އެދެމެވެ.

  1. ފުރިހަމަނަން
  2. ދާއިމީ އެޑްރެސް
  3. މިހާރު އުޅޭ އެޑްރެސް
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
  5. ފޯނު ނަންބަރު
  6. އީމެއިލް އެޑްރެސް
26 އޮގަސްޓް 2015