ވަޒީފާގެ ފުރުޞަތު
ނަންބަރު: A-422/2015/26
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:19
ސުންގަޑި: 03 ސެޕްޓެންބަރު 2015 14:30
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިއިދާރާއަށް ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފަކު ހޯދަންބޭނުންވެއެވެ.  

މަޤާމު

މަސައްކަތު

މަޤާމުގެ ނަންބަރު:

211134

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް

ސަރވިސް:

ސަޕޯޓް ސަރވިސް

ރޭންކް:

ސަޕޯޓް ސްޓާފް 3

ގްރޭޑް

3.1

ބޭނުންވާ އަދަދު:

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ހުކުރުމާމިސްކިތް /ގދ. ފިޔޯރީ

މަޤާމުގެ ގިންތި:

ދާއިމީ

އަސާސީ މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި ރަމަޟާންމަހުގެ ޚާއްޞަ އިނާޔަތުގެ ފައިސާ ފަދަ ސިވިލް ސަރވިސް ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް މިސްކިތާއި ފާޚާނާއާއި އިސްކުރުބަރިއާއި ވަޅުދޮށް ސާފުކުރުން. 
  2. މިސްކިތް ފޮޅައި ސާފުކޮށް ވަޅުދިޔަހިއްކައި ބެލެހެއްޓުން.
  3. ފާޚާނާއާއި އިސްކުރު ބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ އިންވެގެން ހުންނަ މަގުތައް ކުނިކެހުމާއި އެތަންތާނގައި ހުންނަ ކުނިއުކާލުން.
  4. ކޮންމެ ދުވަހަކު މިސްކިތުގެ ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރިއާއި ފަންކާތަކާއި ކަބަޑުތައް ފޮޅައި ސާފުކުރުން. އަދި ހޮޅިބުރިތަކާއި ފަންކާތައް ދިއްލުމާއި ނިއްވުން.
  5. މިސްކިތަށް ލިބެމުންދާ ގެއްލުންތައް އިމާމު/މުދިމަށާއި ކައުންސިލް އިދާރާއަށް އެންގުން.
  6. ކައުންސިލް އިދާރާއާއި އިމާމުން ހަމަޖައްސަވާ އުސޫލެއްގެ މަތިން މިސްކިތުގެގޯތިތެރޭގައި ހުންނަ ވިނަކޮށުމާއި ވިނަ ނޮޅައި ސާފުކުރުން. (މީގެތެރޭގައި މިސްކިތުގެގޯތިތެރޭގައި ހުންނަ ޤަބުރުސްތާނު ނުހިމެނެއެވެ.)
  7. ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  8. މީގެ އިތުރުން މިސްކިތާ ގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުމާއި ކައުންސިލް އިދާރާއިން ހިންގާ ޚާއްޞާ މަސައްކަތްތަކުގައި ބައިވެރިވުން.

މަޤާމު

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:      

229374

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސަރވިސް:

ސަޕޯޓް އޮފިސަރ

ރޭންކް: 

އެމް. އެސް 1 ( މެނެޖީރިއަލް ސަރވިސް 1)

ގްރޭޑް:

އެމް. އެސް 1.1

ބޭނުންވާ އަދަދު: 

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ/ ގދ. ފިޔޯރީ

މަޤާމުގެ ގިންތި: 

ދާއިމީ

އަސާސީ މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ދަތުރު އެލަވަންސާއި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި ރަމަޟާން މަހުގެ ޚާއްޞަ އިނާޔަތުގެ ފައިސާ ފަދަ ސިވިލް ސަރވިސް ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް  ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރަށުކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތް ކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށުކައުންސިލުން ތަންފީޛުކުރުމަށް ރަށުކައުންސިލާ ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވެގެންވާ ގޮތުގެ މަތިން ތަންފީޛުކުރުމުގެ މަސައްކަތް ކުރުން.
  • ރަށުގެ މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ތައްޔާރުކުރުމާއި އެފަދަ ޕްރޮޖެކްޓްތައް ހިންގުން.
  • ބަނދަރުމަރާމާތުކޮށް ބެލެހެއްޓުމާއި ފެރީޓާމިނަލް ހެދުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވުމާއި އެފަދަ ޕްރެޖެކްޓްތައް ހިންގުން.
  • ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރަށްގިރުން ހުއްޓުވުމަށާއި ރަށުގެ އެއްގަމުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް އަތޮޅުކައުންސިލް އިދާރާއަށް ފޮނުވައި ރަށުކައުންސިލް އިދާރާއަށް ލިބޭ މިފަދަ ޕްރޮޖެކްޓް ހިންގުން.
  • ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓާއި، ފެނާއި، ފާޚާނާއާއި ނަރުދަމާނިޒާމު ފަދަ ޢާންމު ޚިދުމަތް ހިންގައި ބެލެހެއްޓުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޖެކްޓްތައް ތައްޔާރުކުރުން.
  • ކައުންސިލް އިދާރާގެ މަރާމާތުތަކާއި މިސްކިތްތަކުގެ މަރާމާތުތަކާއި ރައްޔިތުންގެ ޢިމާރާތްތަކުގެ މަރާމާތުތަކާއި ކައުންސިލުން ޢިމާރާތްކުރާ އެކިއެކި ޢިމާރާތްތަކުގެ ޕްރޮޖެކްޓް ތައްޔާރުކޮށް އެފަދަ ޕްރޮޖެކްޓްތައް ހިންގުން.
  • ކައުންސިލް އިދާރާ މެދުވެރިވެގެން ހިންގޭ މިނޫން އެހެން ތަރައްޤީގެ ޕްރޮޖެކްޓާބެހޭ މަސައްކަތް ކުރުން.
  • ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލް އިދާރާގެ ދާއިރާގެ މަސައްކަތުގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

އެންމެ ޤާބިލު މީހަކު ހޮވުމުގައި ބެލޭނެ ކަންތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތު ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު

މިމަޤާމަށް މީހަކު ހޮވުމަށް ބޭނުންވާ އިންޓަރވިއު އޮންނާނީ ގދ.ފިޔޯރީ ކައުންސިލް އިދާރާގައެވެ.

ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި އިންޓަރވިއު އޮންނަ ގަޑި މިއިދާރާއިން ވަޒީފާއަށް އެދި ހުށަހެޅި ފަރާތްތަކަށް އަންގާނެއެވެ.

މިމަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލް އިދާރާއިންނާއި، ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ފޯމު ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރިޑެޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވަޒަފެއް ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އެމުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތާއި މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި މަސައްކަތު އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އިދާރާގެ ރަސްމީ ލިޔުމެއް (މިލިޔުމައި މުވައްޒަފުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑުގެ ނަންބަރު، މުވައްޒަފު އަދާކުރި މަޤާމުގެ ނަމާއި ރޭންކް، މުވައްޒަފު ޚިދުމަތް ކުރެއްވި މުއްދަތާއި ވަޒީފާ އަދާކުރެއްވި އިދާރާ އެނގެން އޮންނަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ތަނާއި ސުންގަޑި:

މިމަޤާމަށް އެދެންވާނީ ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދި ހުށަހެޅޭނެ އެންމެ ފަހުތާރީޚަކީ 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައެވެ. ވަޒީފާއަށް އެދޭ ފޯމާއި އަދި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް ހުށަހަޅާނީ ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލް އިދާރާއަށެވެ.

އިތުރު މަޢުލޫމާތު

  • މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ސޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މިމަޤާމުތަކަށް މުވައްޒަފުން ހޮވޭނީ ސެޓުފިކެޓުތަކާއި އިންޓަރވިއުއަށް ބަލައި އެންމެމަތިން މާކްސް ލިބޭ މުވައްޒަފެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 05 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
  • މިވަޒީފާތަކަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލް އިދާރާގެ ނަންބަރު 6840008 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015