ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2015/155
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 16:27
ސުންގަޑި: 17 ސެޕްޓެންބަރު 2015 14:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ކިޔަވައިދިނުމުގެ ފުރުޞަތު

މި ކޯޓުން ހިންގާ ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ތިރީގައި މިވާ ދާއިރާތަކުން މަޢުލޫމާތު ދެއްވާނެ ލެކްޗަރަރއިން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން ތަޢުލީމާއި ތަޖުރިބާ ބަޔާންކޮށްދޭ ލިޔުންތަކާއެކު 2015 ސެޕްޓެންބަރު 17 ވަނަ ދުވަހުގެ 14:30ގެ ކުރިން އެ ބޭފުޅަކު ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

ޝަރުޠު: މަޢުލޫމާތު ދެއްވާ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން.

އުޖޫރަ: މަޢުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ކޮންމެ ގަޑިއަކަށް -/250 ރުފިޔާގެ ރޭޓުން ފައިސާ ލިބިވަޑައިގަންނަވާނެއެވެ.

މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތައް:

އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި ޢާއިލާއެއް ބިނާކުރުން: އިސްލާމްދީނުގައި ދެމަފިރިންނަށް ދެވިފައިވާ މަޤާމާއި އެމީހުންގެ ދައުރު ހާމަކޮށްދީ ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން ޢާއިލީ ދިރިއުޅުން ބިނާކުރާނެގޮތް

އިޖުތިމާޢީ ބައި: އަލަތު ކާވެންޏެއްކުރަން ބޭނުންވާނެ އިޖުތިމާޢީ ކަންތައްތަކާއި، އިޖުތިމާޢީ ގޮތުން ދިމާވާ ކަންކަން ހައްލުކުރާނެ ގޮތް

ޞިއްޙީ ބައި: ޞިއްޙީގޮތުން ދެމަފިރިންނަށް އެނގެންޖެހޭ ކަންކަމާއި ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތް.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015