މަސައްކަތް
ނަންބަރު: GS04/IU/2025/13
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 14 މޭ 2025 10:00
ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ތިންބުރި އިމާރާތުގެ ފުރާޅާއި ސީލިންގު މަރާމާތުކުރުން (ދެވަނަ ފަހަރު)

3 ބުރި އިމާރާތުގެ ފުރާޅާއި ސީލިންގު މަރާމާތުކުރުން (ދެވަނަ ފަހަރު)

               

މި ސުކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސުކޫލުގެ 3 ބުރި އިމާރާތުގެ ކޮމްޕިއުޓަރލެބްއާއިދިމާލުން ފުރާޅާއި ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިއުލާނު ނަންބަރު: GS04/IU/2025/12 އާއިގުޅިގެން މައުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވީ އެންމެ ފަރާތެއްކަމުގައިވާތީ، އެކަމަށް އެދި އަލުން ކުރިމަތިލުމަށް ހުޅުވާލަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: 19/2014 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، ސްކޫލްގެ އިދާރީ އޮފީހަށްވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.   

ތަފްސީލު

ތާރީޚް

ގަޑި

މައުލޫމާތު ސާފުކުރުން

11 މެއި 2025 (އާދީއްތަ)

10:00

އަންދާސީ ހިސާބު ހުށައެޅުއްވުން

14 މެއި 2025 (ބުދަ)

10:00

 

        އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމާތުސާފުކުރުމަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް އެކަނިކަމުގައިވެސް ދަންނަވަމެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6780015 އާ ގުޅުއްވުން އެދެމެވެ.

 

10 ޛުލްޤަޢިދާ 1446

08 މެއި 2025

08 މޭ 2025