ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލްގެ މެމްބަރުންނަށް ވުމަށް ފުރުޞަތު ހުޅުވާލުމަށް މިނިސްޓްރީގެ ނަންބަރު IUL)23-OAA/1/2015/201)ފ(17 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިނުވުމާއި، އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ގިނަ ފަރާތްތަކުގެ ޝަރުޠު ހަމަނުވާތީ ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ދަށުން އުފެއްދުމަށް ލާޒިމްކުރާ ކައުންސިލްގެ މެމްބަރުންނަށް ވުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ކައުންސިލްގެ ނަން |
މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފް ކައުންސިލް |
|||||||||
އެލަވަންސް |
ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ. |
|||||||||
ކައުންސިލާ ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް |
ޤާނޫނުނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ 39 ވަނަމާއްދާއާއި 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔާތުތައް |
|||||||||
ބޭނުންވާ ދާއިރާ |
ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ (4) ގައިވާ މެންބަރު (ނަރުހެއް ނުވަތަ މިޑްވައިފެއް ކަމުގައިނުވާ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް) |
|||||||||
ބޭނުންވާ އަދަދު |
1 |
|||||||||
ތަޢުލީމީ ތަޖުރިބާ އަދި މަސައްކަތުގެ ތަޖުރިބާ މާކްސް ދިނުމަށް ކަނޑައަޅާފައިވާގޮތް |
ތަޢުލީމު ތަޖުރިބާ (ނަރސިންގ/މިޑްވައިފަރީ ޕްރޮފެޝަން ނޫން ޞިއްޙީ ދާއިރާއަކުން ހޯދާފައިވާ ސެޓުފިކެޓު
މަސައްކަތުގެ ތަޖުރިބާ (ނަރސިންގ/މިޑްވައިފަރީ ޕްރޮފެޝަން ނޫން ޞިއްޙީ ދާއިރާއެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު)
|
|||||||||
ބޭނުންވާ ދާއިރާ |
ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ (6) ގައިވާ މެމްބަރު (ޤާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ޤާނޫނީ ވަކީލެއް |
|||||||||
ބޭނުންވާ އަދަދު |
1 |
|||||||||
ތަޢުލީމީ ތަޖުރިބާ އަދި މަސައްކަތުގެ ތަޖުރިބާ މާކްސް ދިނުމަށް ކަނޑައަޅާފައިވާގޮތް |
ތަޢުލީމު (ޤާނޫނީ/ޝަރީޢާގެ ދާއިރާއިން ހޯދާފައިވާ ސެޓްފިކެޓު
(މަސައްކަތުގެ ތަޖުރިބާ (ޤާނޫނީ/ޝަރީޢާގެ ދާއިރާގައި ދާއިރާއެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު
|
|||||||||
މާކްސް ދިނުމާއި އިންޓަވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު
|
|
|||||||||
މަޤާމަށް ކުރިމަތިލާ މެމްބަރުންގެ ޝަރުޠުތައް |
|
|||||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|||||||||
ސުންގަޑި |
06 ސެޕްޓެންބަރު 2015 ގެ 15:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) އަށް ހުށަހެޅުއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected]އަށް ފޮނުވައިދެއްވުން (އީމެއިލުން ހުށަހަޅާ އެޕްލިކޭޝަންތަކަށް މިނިސްޓްރީން ލިބުނުކަން އަންގާނެކަން ދަންނަވަމެވެ. ނަމަވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ލިބުނުތޯ ބެއްލެއްވުން އެދެމެވެ.) |
|||||||||
އިތުރު މަޢުލޫމާތު |
ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި ގެޒެޓުން ބެލެން އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަން. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އަދި 3014480 އެވެ. |
11 ޛުލްޤަޢިދާ 1436