ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES11/2015/222
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 07 ސެޕްޓެންބަރު 2015 14:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ޖީޕީ އިންފޮމޭޝަން ސިސްޓަމްގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ. މިވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

މީހުން ބޭނުންވާ އަދަދު

1

ކޮންޓްރެކްޓްގެ މުއްދަތު

2 އަހަރު

މުސާރަ

-/18،000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

 މިނިސްޓްރީ އޮފް ހެލްތު

ތަޢުލީމާއި ތަޖުރިބާ

  • އައިޓީ ސިސްޓަމް ޑިވެލޮޕްމަންޓް/ ކޮމްޕިއުޓަރ ސައިންސް ނުވަތަ އައިޓީ އާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ހާސިލުކޮށްފައިވުމާއެކު އެޕްލިކޭޝަން ޑިވެލޮޕްމަންޓް ގެ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އައިޓީ ސިސްޓަމް ޑިވެލޮޕްމަންޓް/ ކޮމްޕިއުޓަރ ސައިންސް ނުވަތަ އައިޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު އެޕްލިކޭޝަން ޑިވެލޮޕްމަންޓް ދާއިރާއަކުން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި މީގެ އިތުރުން މައިކްރޯސޮފްޓް ޑޮޓްނެޓް އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމު

ސޮފްޓްވެއަރ ޑިވެލޮޕަރ

މީހުން ބޭނުންވާ އަދަދު

2

ކޮންޓްރެކްޓްގެ މުއްދަތު

2 އަހަރު

މުސާރަ

-/15،000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

ތަޢުލީމާއި ތަޖުރިބާ

  • އައިޓީ ސިސްޓަމް ޑިވެލޮޕްމަންޓް/ ކޮމްޕިއުޓަރ ސައިންސް ނުވަތަ އައިޓީ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރ ޑިގްރީ ހާސިލުކޮށްފައިވުމާއެކު އެޕްލިކޭޝަން ޑިވެލޮޕްމަންޓްގެ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އައިޓީ ސިސްޓަމް ޑިވެލޮޕްމަންޓް/ ކޮމްޕިއުޓަރ ސައިންސް ނުވަތަ އައިޓީ އާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު އެޕްލިކޭޝަން ޑިވެލޮޕްމަންޓް ދާއިރާއަކުން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި މީގެ އިތުރުން މައިކްރޯސޮފްޓް ޑޮޓްނެޓް އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މިމަޤާމަށް މީހުން ހޮވުމުގައި ބެލޭނެ ކަންތައްތައް

  • ސިސްޓަމް މެނޭޖްކުރުމުގެ ހުނަރު ލިބިފައިވުން.
  • ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެގުން.

މިމަޤާމުތަކާ ގުޅޭ "ޓާރމްސް އޮފް ރެފަރެންސް" (ޓީ.އޯ.އާރު) ބޭނުންފުޅުވާ ފަރާތްތަކަށް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން ހަވީރު 3:00 އަށް

ޢިނާޔަތް

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރު (އެކްރެޑިޓް ކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފަރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި، މިނިސްޓްރީ އޮފް ހެލްތުގައި

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ.

25 އޮގަސްޓް 2015