ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)199-CS/199/2015/40
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 09 ސެޕްޓެންބަރު 2015 14:30
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ 

ރޭންކް: MS 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ސްޓޭކްހޯލްޑަރ ރިލޭޝަންސް އެންޑް ސްޓެޓިސްޓިކްސް

އެހެނިހެން އެލަވަންސާއި އުޖޫރަ   

  1. އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސަރވިސް ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
  2. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓަޖީ ތައްޔާރުކޮށް މަސައްކަތް ކުރިއަށް ގެންދުން.
  2. ޤައުމީ ޞިއްޙީ އިންޝުއަރެންސްގެ ނިޒާމާއި ގުޅޭ ގޮތުން އާންމުންނާއި ޚިދުމަތް ދޭ ފަރާތްތައް ހޭލުންތެރި ކުރުމުގެ މަސައްކަތްތައް.
  3. އޮފީހުން ހިންގާ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތައް.
  4. އޮފީހުން ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތްތައް.
  5. ރައްޔިތުންނާއި ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު ދާއިމީ ގޮތެއްގައި ހަރުދަނާ ގުޅުމެއް ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ އެންމެހާ މަސައްކަތް ކުރިއަށް ގެންދިއުން.
  6. އޮފީހުން އާންމު ކުރަން ބޭނުންވާ މަޢުލޫމާތުގެ 'ކޮންޓެންޓް' ކަނޑައަޅައި ހަމަޖެހިފައިވާ އުސޫލުން އާންމު ކުރުމުގެ މަސައްކަތްތައް.

ތަޢުލީމާއި ތަޖުރިބާ

  1. ޕަބްލިކް ރިލޭޝަން، މާރކެޓިންގ ނުވަތަ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޕަބްލިކް ރިލޭޝަން، މާރކެޓިންގ ނުވަތަ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ޕަބްލިކް ރިލޭޝަން، މާރކެޓިންގ ނުވަތަ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. ޕަބްލިކް ރިލޭޝަން، މާރކެޓިންގ ނުވަތަ މެނޭޖްމަންޓް ދާއިރާއަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. ޕަބްލިކް ރިލޭޝަން، މާރކެޓިންގ ނުވަތަ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ 

ރޭންކް: MS 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ޕްލޭނިންގ އެންޑް ސަޕޯޓް ސަރވިސް

އެހެނިހެން އެލަވަންސާއި އުޖޫރަ   

  1. އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސަރވިސް ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
  2. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި ގުޅޭ ސިޔާސަތުތައް މުރާޖަޢާކޮށް އޮފީހުން ހިންގާ ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅުމުގެ މަސައްކަތް.
  2. ޤައުމީ ޞިއްޙީ އިންޝުއަރެންސްގެ ސިޔާސަތާއި ހެލްތު އިންޝުއަރެންސް ސްކީމުން ދެމުން ގެންދާ ޚިދުމަތްތަކާއި އަޅާކިޔައި ސްކީމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް.
  3. ބޭރުގެ އެހީގައި ހިންގޭ ޕްރޮޖެކްޓް/ ޕްރޮގްރާމްތައް ތަންފީޒުކުރުމުގެ މަސައްކަތް.
  4. ޤައުމީ ފެންވަރުގައި ހެދޭ ސަރވޭ ތަކުން މިއޮފީހަށް ބޭނުންވާ މަޢުލޫމާތު އެއްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވޭ މަސައްކަތް.
  5. އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އަލަށް ތަޢާރަފް ކުރާ ޕްރޮގްރާމްތައް ތަޢާރަފްކުރުމަށް ބޭނުންވާ މަސައްކަތްތައް ރާވާ ހިންގުން

ތަޢުލީމާއި ތަޖުރިބާ

  1. ޕޮލިސީ އެންޑް ޕްލޭނިންގ، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޕޮލިސީ އެންޑް ޕްލޭނިންގ، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ޕޮލިސީ އެންޑް ޕްލޭނިންގ، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. ޕޮލިސީ އެންޑް، މާރކެޓިންގ ނުވަތަ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. ޕޮލިސީ އެންޑް ޕްލޭނިންގ، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް  

ރޭންކް:MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ޖެނަރަލް އެޑްމިނިސްޓްރޭޝަން

އެހެނިހެން އެލަވަންސާއި އުޖޫރަ   

  1. އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސަރވިސް ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
  2. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބޭސް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ބޭސް ގެނައުމަށް ހަމަޖައްސާފައިވާ ކުންފުންޏަކާއި ގުޅިގެން ބޭސް ގެނައުމުގެ މަސައްކަތް ކުރުން
  2. ވެލްފެއަރގެ ދަށުން ބޭހަށް އެދި ހުށަހަޅާ ފަރާތްތަކުގެ ސިޓީ ތަކަށް ވެރިއެއްގެ ލަފަޔާއެކު ޖަވާބުދިނުމާއި، އެލިޔުންތައް، އެލިޔުންތައް ބެލެހެއްޓުން
  3. ސްޕަރސްޕެޝަލިސްޓް ޕްރޮގްރާމްގެ ދަށުން ލިޔެދެއްވާ ބޭސްތަކުގެތެރެއިން ބޭސް ނުލިބޭ ފަރާތްތަކަށް ހޯދަންޖެހޭ ބޭސްތައް އާސަންދައިން ފޮނުވުމުން
  4. ހަމަޖެހިފައިވާ އުސޫލުން އެފަރާތްތަކަށް ބޭސް ފޯރުކޮށދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  5. އާސަންދައިގެ ދަށުން ދޫކުރާ ބޭސްތަކާ ބެހޭގޮތުން މިއެޖެންސީއިން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  6. ބޭސް ލިބުމުން ބޭސް ބަހަޓަންޖެހޭ މިންގަޑުގައި ބެހެއްޓުމާއި އެތަކެއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ބޭސް ހަވާލުކުރުމުގެ މަސައްކަތް ކުރުން
  7. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ފާރމަސީ ނުވަތަ ޕްރައިމެރީ ހެލްތްކެއަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.ނުވަތަ
  2. ފާރމަސީ ނުވަތަ ޕްރައިމެރީ ހެލްތްކެއަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ފާރމަސީ ނުވަތަ ޕްރައިމެރީ ހެލްތްކެއަރ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
  • މިމަޤާމަށް މީހަކު ހޮވުމުގައި އެމް.އެފް.ޑީ.އޭ ގެ ލައިސެންސް އޮތް ފަރާތެއްތޯ ބެލެވޭނެއެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

03

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 

ރޭންކް:GS 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން

ސްޓޭކްހޯލްޑަރ ރިލޭޝަންސް އެންޑް ސްޓެޓިސްޓިކްސް

އެހެނިހެން އެލަވަންސާއި އުޖޫރަ   

  1. އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސަރވިސް ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
  2. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއއަށް ގުޅާ ފަރާތްތަކުގެ މަޢުލޫމާތުއެކަމަށް ކަނޑައެޅޭ ސިސްޓަމެއް މެދުވެރިކޮށް ބެލެހެއްޓުން
  • ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތައް ބަލަހައްޓާ އެ ޝަކުވާތައް ގުޅުން ހުރި ސެކްޝަންތަކާއި ހިއްސާކުރުން
  • ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތާއި ގުޅިގެން ގުޅާ ފަރާތްތަކަށް އެފަރާތްތަކުން ބޭނުންވާ ފުރިހަމަ މަޢުލޫމާތު ސާފުކޮށް ދިނުން
  • ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ގުޅާ ފަރާތްތަކުން އެމަސައްކަތަކާ ގުޅޭ މުވައްޒަފުންނާ ވާހަކަ ދައްކަން ބޭނުންވެއްޖެ ހިނދެއްގައި އެކަން އިންތިޒާމްކޮށް ހަމަޖެއްސުން
  • މީގެ އިތުރުން އޮފީހުގައި ހަވާލުކުރެވޭ އެކިއެކި މަސައްކަތްކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ޕަބްލިކް ރިލޭޝަން، ކަސްޓަރމާކެއަރ، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިނާޙުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިއެޖެންސީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.nspa.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)
  2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)  އަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ސެޕްޓެންބަރު ނުވަތަ އޮކްޓޫބަރު މަހުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާގައި)

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3005323 އެވެ.

27 އޮގަސްޓް 2015