ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2012/419
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 03 ސެޕްޓެންބަރު 2015 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކައުންސިލް ސެކްރެޓަރީ

މަޤާމު:

ކައުންސިލް ސެކްރެޓަރީ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 9,124/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910/50 ރުފިޔާ

އޮފީސް:

އިދާރީ މަރުކަޒު

ސްޕައިން:

32

ގްރޭޑް:

6

މަޤާމުގެ ޝަރުޠު:

 

  • ވަޒީފާގެ މަސްއޫލިއްޔަތުތައް އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެނގުން.
  • އެމް.އެން.ކިޔޫ.އެފްގެ ލެވެލް 7 ގެ ބެޗްލަރ ޑިގްރީއަށްފަހު ދަސްވެފައިވާ ތިއަރީތަކާއި އުސޫލުތައް ކޮންސޮލިޑޭޓްކޮށް ފުރިހަމަ ކުރުމަށްޓަކައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  • އެމް.އެން.ކިޔޫ.އެފްގެ (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ހޯދުމަށް ފަހު، ޚާއްޞަ ދާއިރާއިން ފުން ޓެކްނިކަލް ނުވަތަ އިދާރީ  ހުނަރާއި ޢިލްމުގެ މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލުކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީ ކައުންސިލާއި ކައުންސިލުން އުފައްދާ އިސް ކޮމިޓީތަކުގެ ކޯޕަރޭޓް ސެކްރެޓޭރިއެޓްގެ ގޮތުގައި ޙަރަކާތްތެރިވުމާއި މި ކޮމިޓީތަކުގެ ލިޔެކިޔުން ބެލެހެއްޓުން އަދި ކޮމިޓީތަކުގެ ނިންމުންތައް އަންގަންޖެހޭ ފަރާތްތަކަށް އެންގުން. 
  • ޔުނިވަރސިޓީގެ އިސް ކޮމިޓީތަކުގެ މަސައްކަތް ވިލަރެސްކޮށް، އެމަސައްކަތްތައް ފަހިކޮށްދީ، މަސައްކަތުގެ ރެކޯޑު ބެލެހެއްޓުން.
  • ޔުނިވަރސިޓީ ކައުންސިލާއި ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ އިސް ކޮމިޓީތަކާއި ޔުނިވަރސިޓީ ހިންގުމާ ބެހޭ ފަރާތްތަކާދެމެދު ޕްރޮފެޝަނަލް ގުޅުންތައް ޕްރޮމޯޓްކުރުން.
  • ޗާންސެލަރުގެ އޮފީހުގެ ޕްރޮޓޮކޯލާއި އިދާރީ ކަންކަން ބެލެހެއްޓުމާއި ޗާންސެލަރގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން އަދި އެކިއެކި ފަރާތްތަކާއެކު ބާއްވާ ރަސްމީ ބައްދަލުވުންތައް އިންތިޒާމްކުރުމާއި މިފަދަ ބައްދަލުވުންތަކުގެ ލިޔެކިޔުން ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ގެޒެޓް ތައްޔާރުކޮށް ޝާއިޢުކުރުން.
  • ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ޔުނިވަރސިޓީން ދަޢުވާކުރާ އަދި ޔުނިވަރސިޓީއަށް ދަޢުވާލިބޭ މައްސަލަތަކާއި އެކިއެކި މައްސަލަތަކުގައި ޤާނޫނީ ލަފާ ހޯދުމާއި މައްސަލަތަކާ ގުޅިގެންކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  • ޤާނޫނީ ގޮތުން ޔުނިވަރސިޓީއިން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ގަވާއިދުތައް މެދުވެރިކޮށް ޔުނިވަރސިޓީގެ މަޢުލޫމާތު ހޯދާ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.
  • މީގެ އިތުރުންވެސް ޔުނިވަރސިޓީން ޙަވާލުކުރާ ވަޒީފާއާ ގުޅުންހުރި މަސައްކަތްތައް.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

 

 

 

 

 

 

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

ސިޓީ ފޮނުވަންވީ ތާރީޚު:   

03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.

27 އޮގަސްޓް 2015