ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM/IUL/2025/55
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2025
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 22 މޭ 2025 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޓެކްނިކަލް ސަޕޯރޓް އޮފިސަރ (ޕްރޮޖެކްޓް އެސިސްޓަންޓް)
ބޭނުންވާ އަދަދު :7

މަޤާމުގެ ކްލެސިފިކޭޝަން: ޖޫނިއަރ ޓެކްނިކަލް ސަޕޯރޓް އޮފިސަރ

މުސާރަ: 

- އަސާސީ މުސާރަ:  -/6،000 ރުފިޔާ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ނޮން-ޕްރެކްޓިސް އެލަވަންސް: -/2،100 ރުފިޔާ (އަސާސީ މުސާރައިގެ 35 އިންސައްތަ)

- އިތުރު ގަޑީގެ ގޮތުގައި މަހަކު: -/3،600 ރުފިޔާ (އަސާސީ މުސާރައިގެ %60 އިންސައްތަ)

- ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް -/600 ރުފިޔާ (އަސާސީ މުސާރައިގެ 10 އިންސައްތަ)

- ފުޑް އެލަވަންސް ދުވާލަކަށް -/160 ރުފިޔާ

- ބޭސްފަރުވާ ކުރުން

ޝަރުތު:

- ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަންގެ ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ  ލެވެލް 05 ނުވަތަ 06ގެ ސަނަދެއް ހާޞިލްކޮށްފައިވުން ނުވަތަ،

- ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަންގެ ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ  ލެވެލް 04ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 01 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަންގެ ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ  ލެވެލް 03ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރެވޭ ފަދަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން،

- މީލާދީ ގޮތުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ 

- ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން،

ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އެގްރިމެންޓް ކުރެވޭ ޕްރޮޖެކްޓްތައް ހިންގުމުގައި ޕްރޮޖެކްޓް މެނޭޖަރުގެ އިރުޝާދާއި އެއްގޮތައް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

- ޕްރޮޖެކްޓްތައް ކުރިއަށްދަނީ މަސައްކަތު ޖަދުވަލާއި އެއްގޮތަށްތޯ ބަލާއި ޕްރޮޖެކްޓް މެނޭޖަރަށް ރިޕޯރޓްކުރުން.

- ޕްރޮޖެކްޓްތަކާއި ގުޅުންހުރި ލިޔެކިޔުންތަށް ޤަވާއިދުން ބަލަހައްޓާއި ލިޔެކިޔުންތަށް ފައިލްކުރުން.

- އިމާރާތްތަކުގެ އިންސްޕެކްޝަން ހެދުމުގައި ބައިވެރިވުމާއި އެހީތެރިކަން ފޯރުކޮށްދީ ރިޕޯރޓް ތައްޔާރުކުރުން.

- ޕްރޮޖެކްޓް ހިންގަމުންދާއިރު ކޮންޓްރެކްޓަރ އަށް އަދި ގުޅުންހުރި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތަށް ތައްޔާރުކޮށް ފޮނުވުމުގައި ޕްރޮޖެކްޓް މެނޭޖަރަށް އެއްބާރުލުން ދިނުން.

- ޕްރޮޖެކްޓް މެނެޭޖަރުގެ ލަފާގެ މަތިން ކޮންޓްރެކްޓަރުންގެ ފަރާތުން ހުށަހަޅާ ޕްރޮގްރެސް ބިލްތައް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:  މާލެ 

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:  ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 03 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (01 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2025 މެއި 22 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

                                    09 ޛުލްޤަޢިދާ 1446

07 މޭ 2025