ދިވެހިރާއްޖެ
މިނިސްޓްރީގެ ދަށުން ކ.ހިންމަފުށީގައި ހިންގަމުންގެންދާ ނޭޝަނަލް ރީއިންޓަރގްރޭޝަން ސެންޓަރ (އެން.އާރް.ސީ) އަށް ފަރުނީޗަރ ގަންނަން ބޭނުންވެއެވެ.
މިނިސްޓްރީގެ ނަންބަރު: (IUL)10-F/10/2025/29 (16 މާރިޗު 2025) ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ލިޔުމުގެ ކުށަކުން، އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
1 ޑަބަލް އެނދު ''6'6'4
16 އަލަމާރި (2 ދޮރުފަތްލީ (އާދައިގެ ހުޅުވާ ދޮރުފަތް) ލޯގަނޑާއިއެކު)
5 އަލަމާރި (1 ދޮރުފަތްލީ ލޯގަނޑާއެކު)
ވީމާ، މަތީގައިވާ ތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެއްފަތްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވާނަމަ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް 2025 މޭ 13 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީ- މެއިލް ކުރެއްވުން އެދެމެވެ. އަދި 15 މޭ 2025 ވަނަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޮލޮޖީ/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.