ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321/321/2025/94
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 29 މޭ 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ކައުންސިލްގެ 13 ވަނަ ޤުރުއާން މުބާރާތުގައި ފަނޑިޔާރުކަންކޮށްދޭނެ ފަރާތްތައް ހޯދުމާ ގުޅޭ

އިޢުލާން

ތުޅާދޫ ކައުންސިލްގެ 13 ވަނަ ޤުރުއާން މުބާރާތުގައި ފަނޑިޔާރުކަންކޮށްދޭނެ ފަރާތްތައް ހޯދުމާ ގުޅޭ

                މި އަހަރުގެ ޖޫންމަހުގެ 19 ން 21 ގެ ނިޔަލަށް ބ. ތުޅާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ  ތުޅާދޫ ކައުންސިލްގެ ޤުރްއާން މުބާރާތަށް އިންސާފުކޮށްދޭނެ 03 ފަނޑިޔާރުން ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މިދެންނެވި މުބާރާތުގައި އިންސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން، 2025 މެއި 29 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީ. މެއިލްގެ ޛަރީއާއިން ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން މިއިދާރާގެ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

     މިގޮތުން ހުށަހަޅުއްވާ ކޯޓޭޝަނާއެކު ފަނޑިޔާރުގެ ފަރާތުން ޕްރޮފައިލްއެއް ހުށަހެޅުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި މުބާރާތުގައި އިންސާފުކޮށްދެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ފަރާތްތަކަކީ، ޤުރްއާން މުދައްރިސްކަމުގެ ދާއިރާއިން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. މި މަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު: 6600006 އާއި ގުޅުއްވުން އެދެމެވެ. 

 

                މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިއުލާނު ކުރީމެވެ.

                09 ޛުލްޤަޢިދާ 1446

07 މޭ 2025