ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2015/222
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 07 ސެޕްޓެންބަރު 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސުޕަވައިޒަރ

މި މިނިސްޓްރީގެ ނަންބަރު IUL)138-AS4/1/2015/190)ފ(04 އޮގަސްޓު 2015) އިން ތިރީގައި މިދަންނަވާ މަޤާމަށް ކޮށްފައިވާ އިޢުލާނަށް، ޝަރުޠު ހަމަވާ ފަރާތްތައް އެކަށީގެންވާ ވަރަށް ކުރިމަތިލާފައިނުވާތީ އަލުން މި މަޤާމަށް އިޢުލާން ކުރީމެވެ.

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ސުޕަވައިޒަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް. 3 / އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

މަޤާމުގެ ނަންބަރު

266880

ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

ހާބަރ މެނޭޖްމަންޓް - އާންމު ޚިދުމަތްތަކާބެހޭ ބައި / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/4465ރ
  • ސަރވިސް އެލަވަންސް: -/1500ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

   (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފަޅައް ވަދެ ނުކުމެވާ އުޅަނދު ފަހަރު ގައި ފަޅުހުއްދަ އޮތްތޯ ބެލުން.
  2. މީހުން އަރާ ފައިބާ ސަރަހައްދުތަކުގައި މީހުންއަރުވާ ބޭލުން ނޫން ގޮތަކަށް އަޅައިގެން ތިބޭ އުޅަނދުފަހަރު ނެގުން.
  3. މަސްމާރުކޭޓް ސަރަހައްދުގައި މަހަށް ނުފުރާތާ 07 ދުވަސްވާ އުޅަނދުފަހަރު ފާހަގަކޮށް އެފަދަ އުޅަނދުފަހަރާމެދު ފިޔަވަޅު އެޅުން.
  4. މަސްމާރުކޭޓަށް މަސްބާލަން ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި މަސްބޭލުން ނޫންގޮތަށް އުޅަނދެއް އަޅާފައިވާނަމަ އެއުޅަނދެއް ނެގުން އަދި ނުނަގާ އުޅަނދުފަހަރުގައި ސްޓިކަރ ޖެހުން.
  5. ބަނދަރުމަތީ އެއްވެސް ސަރަހައްދެއްގައި ގަވާއިދާ ޚިލާފަށް މުދާ ބަހައްޓާތޯ ބެލުމާއި އަދި ހުއްދަނެތި ބަހައްޓާ މުދާ ނެގުމާއި، އެފަދަތަކެތި ނައްތާލުމުގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ވަގުތުން ރިޕޯޓުކުރުން.
  6. މިސަރަހައްދުން އުޅަނދުފަހަރަށް ތެޔޮ އަޅަން ހަމަޖެފިފައިވާ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދަކުން ތެޔޮ އަޅާނަމަ އެކަން ހުއްޓުވުން.
  7. ފައްތިއާ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ފައްތިއާ ހުއްދަ އޮތްތޯ ބަލައި ޗެކުކުރުމާއި ހުއްދަ ނެތް ފަރާތްތަކާމެދު ފިޔަވަޅު އެޅުން.
  8. އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު އެއްގަމުތޮށި މައްޗަށް އަރުވައިގެން އުޅަނދު ފަހަރަށް މުދާ އަރުވާ ބާލާނަމަ އެކަން ހުއްޓުވައި އެއުޅަނދެއް ތޮށިމަތިން ބޭލުވުން.
  9. ފަޅުގައިވާ އުޅަނދަކަށް ކެރޭން އަދި ކެރޭން ލޮރީ ބޭނުންކޮށްގެން ހުއްދަނެތި އެއްވެސް އެއްޗެއް އަރުވާ ބާލާނަމަ އެކަމެއް ހުއްޓުވުން.
  10. ފަޅުތެރޭގެ އެއްވެސް ސަރަހައްދަކަށް އުޅަނދެއް އަޑިއަށް ހިނގައްޖެނަމަ ސެކްޝަނަށް އެއުޅަނދާ ބެހޭ ރިޕޯޓު ކުރުން.
  11. ހުއްދަނެތް ސަރަހައްދަކުން މުދާ އަރުވާ ބާލާނަމަ އެކަންހުއްޓުވާ އެފަދަ އުޅަނދު ފަހަރާމެދު ފިޔަވަޅު އެޅުން.
  12. އެސަރަހައްދުގެ ނެރުބައްތިތަކާއި، ކަނޑުތޮށްޓާއި އެއްގަމުތޮށި ބެލެހެއްޓުމާއި، އެތަން ތަނަށް ލިބޭ ގެއްލުންތައް އޮފީހުގެ ކަމާބެހޭ ބަޔަށް ރިޕޯޓު ކުރުން.
  13. މީހުން އަރާ ފޭބުމަށް ޚާއްޞަ ސަރަހައްދުތަކާއި އުޅަނދުފަހަރު އަޅާފައި ބޭއްވުން މަނާ ސަރަހައްދުތަކުގައި އަޅައިގެން ތިބޭ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމާއި އެފަދަ އުޅަނދުފަހަރު އެތަންތަނުން ނެގުން.
  14. ފަޅުތެރޭގެ އެކި ކަންކަމާ ބެހޭގޮތުން ނަގަންޖެހޭ ރިޕޯޓުތައް ނެގުމާއި ބަހަންޖެހޭ ލިޔުންތައް ބެހުން.
  15. މިސަރަހައްދު ބޭނުންކުރާ އެއްވެސް އުޅަނދަކުން ސަރަހައްދުގެ މޫދަށާއި އެއްގަމަށް ކުނި އަޅާތޯ ބެލުމާއި ކުނިއަޅާ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމަށް "ކުނިމެނޭޖްކުރުމާބެހޭ ގަވާއިދާ ޚިލާފުވުމުން ދެވޭ ސްލިޕް" ހަވާލުކުރުން.
  16. މީގެ އިތުރުންވެސް މަސައްކަތާ ގުޅޭގޮތުން މިސަރަހައްދުގައި ދިމާވާ ކަންކަން ސެކްޝަނުން އަންގާ އެންގުންތަކާ އެއްގޮތަށް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
  5. މުޢާމަލާތުކުރުމުގެ ހުނަރު.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 ސެޕްޓެންބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

12 ޛުލްޤަޢިދާ 1436

27 އޮގަސްޓް 2015