ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)88-AHF/88/2015/26
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 03 ސެޕްޓެންބަރު 2015 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/7035ރ.

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ސެކްޝަން

ޑިވެލޮޕްމަންޓް

ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:

އެމް.އެސް.3

މަޤާމުގެ ޝަރުޠު:

 • ޓޫރިޒަމް ޕްލޭނިންގ/ ފިޒިކަލް ޕްލޭނިންގ/ އަރބަން ޕްލޭނިންގކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
 • ޓޫރިޒަމް ޕްލޭނިންގ/ ފިޒިކަލް ޕްލޭނިންގ/އަރބަން ޕްލޭނިންގކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 • ޓޫރިޒަމް ޕްލޭނިންގ/ ފިޒިކަލް ޕްލޭނިންގ/އަރބަން ޕްލޭނިންގކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 • ޓޫރިޒަމް ޕްލޭނިންގ/ ފިޒިކަލް ޕްލޭނިންގ/އަރބަން ޕްލޭނިންގކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
 • ޓޫރިޒަމް ޕްލޭނިންގ/ ފިޒިކަލް ޕްލޭނިންގ/އަރބަން ޕްލޭނިންގކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޓޫރިޒަމް މެނޭޖްމަންޓް އެންޑް އިންޖިނިއަރިން/ސިވިލް އިންޖިނިއަރިންގ/ އާކިޓެކްޗަރ ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • ރިޒޯޓްތަކުގެ ޕްރޮޕޯޒަލްތަކުގައި އެރިޒޯޓެއްގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ކުރާނޭކަމަށް އެއްބަސްވެފައިވާ ކަންތައްތައް އެޕްލޭނާ އެއްގޮތަށް ކުރަމުންދޭތޯ ބަލައި ޗެކްކުރުން އަދި ސުޕަރވައިޒް ކުރުން
 • ފަތުރުވެރިކަމަށް ތަރައްޤީ ކުރެވޭ ރިޒޯޓްތަކާއި ރަށްރަށް ޢިމާރާތް ކުރަމުންދާ ފިޔަވަހީގައި ބަލަންޖެހޭ ކަންތައް ބަލައި މިކަމާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް ކުރުން އަދި ސުޕަރވައިޒްކުރުން. އަދި އިމާރާތްކުރުމުގެ ފިޔަވަހީގައި ހުށަހެޅޭ ޕްލޭންތައް ރިވިއުކުރުމާއި ކަނޑައެޅޭ މިންގަނޑުތަކަށް ހުރޭތޯ ބަލައި ޗެކްކުރުން.
 • ފަތުރުވެރި ކަމާއި ގުޅުންހުރި މަޝްރޫޢުތަކާ ގުޅިގެން ޑިއުޓީ މަޢާފު ކުރަންޖެހޭޕްރޮޖެކްޓްތަކުގެ އެންމެހާ ކަންކަން ކުރުމާއި އެޕްރޮޖެކްޓްތަކުގެ ކަންކަން ބެލެހެއްޓުން އަދި މޮނިޓަރކުރުން
 • އެކިއެކި މަޝްރޫޢުތަކާ ގުޅިގެން ކުރެވޭ އެންވަޔަރަމަންޓަލް އިންޕެކްޓް އެސެސްމަންޓް ތައްޔާރުކުރެވިފައިވަނީ ސަރުކާރުން ހުއްދަކުރާ އަދި ޤަބޫލުކުރާ ފެންވަރަށްތޯ ބެލުން. އަދި އެކަންކަން މޮނިޓަރ ކުރުން
 • ތޮށިލުން، ނެރުފުންކުރުން، ބިންހިއްކުން، ކުނިއުކާލުން ފަދަ ކަންތައްތައް ކުރަންވީ އުސޫލު ކަނޑައަޅާ އެކަންކަން ހިނގަނީ ކަނޑައެޅިފައިވާ ފެންވަރަށްތޯ ބެލުން އަދި މިކަންކަން ސުޕަރވައިޒް ކުރުން
 • ސެކްޟަންގެ މަސައްކަތާ ގުޅުންހުރި އެކިއެކިކަންކަމާބެހޭ ޑޮކިއުމަންޓްތައް ތައްޔާރުކުރުން
 • ފަތުރުރުވެރިކަމަށް ތަރައްޤީކުރެވޭ ތަންތަނަށް ދިމާވާ މައްސަލަތަކުގައި ހައްލުހޯދުމުގެ މަސައްކަތުގައި އެހީތެރިވެދިނުން

އުޖޫރައާއި އިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި އިތުރަށް ބަލާނެ ކަންތައްތައް:

 • އޮޓޯކެޑް ބޭނުންކުރުމުގެ ތަޖުރިބާހުރި މީހެއްކަމުގައިވުން.
 • ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 • ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
 • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
 • ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
 • އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
 • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބެން ހުންނާނެ)
 • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 •  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
 •  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

މިމަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު (މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ) ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު 03 ސެޕްޓެންބަރު 2015ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުން އެދެން. (ވެލާނާގެ، 5ވަނަ ފަންގިފިލާ)

އިތުރު މަޢުލޫމާތު:

 • މިމަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަރވިއުކުރުން ހަމަޖެހިފައިވަނީ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި މިމިނިސްޓްރީގެ މީޓިންގރޫމްގައެވެ. މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3022200 ފޯނާއެވެ. ފެކްސް ނަންބަރަކީ 3322512 އެވެ.
 • އިންޓަރވިއުއަށް ހޮވޭ ފަރާތްތަކާއި އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އިންޓަރވިއުއަށް އަންނަންވީ ވަގުތު އެންގޭނޭ ކަމުގައިވެސް މިފުރުޞަތުގައި ދެންނެވީމެވެ.
18 އޮގަސްޓް 2015