މަސައްކަތް
ނަންބަރު: (IUL)340/340/2025/22
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2025
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 15 މޭ 2025 10:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިއަންދާ މެޝިނެއް ހަދައިދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި ރަށު ވޭސްޓްމެނޭޖުމަންޓް ސެންޓަރުގައި ކުނިއަންދާ މެޝިނެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ   ފަރާތްތަކުގެ  ޤަވާޢިދު ނަންބަރު:  2019/R-1019" ގައިވާގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 މޭ 7 އިން 2025 މޭ 14 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ  [email protected]  އަށް އީމެއިލް ނުވަތަ ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6660714 ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2025 މޭ 12 ވަނަ ދުވަހުގެ 12:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.

މި މަސައްކަތުގެ ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2025 މޭ 15 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.

07 މޭ 2025