ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
މަޤާމު
|
އެންވަޔަރަންމަންޓް އެނަލިސްޓް
|
މުއްދަތު
|
1 އަހަރު
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް 2
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
- -/6,295 ރުފިޔާ
- -/2,000 ރުފިޔާ
- 2,203/25 ރުފިޔާ
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)
|
ވަޒީފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން
|
މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އެންވަޔަރަންމަންޓް ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ސްޓެޓިސްޓިކްސް ނުވަތަ މެނޭޖްމަންޓް ނުވަތަ ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސްޓެޓިސްޓިކްސް ނުވަތަ މެނޭޖްމަންޓް ނުވަތަ ތިމާވެށިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސްޓެޓިސްޓިކްސް ނުވަތަ މެނޭޖްމަންޓް ނުވަތަ ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ،
- ސްޓެޓިސްޓިކްސް ނުވަތަ މެނޭޖްމަންޓް ނުވަތަ ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ރާއްޖޭގެ ތިމާވެށީގެ ޙާލަތު ދެނެގަންނާނެ ސްޓެޓިސްޓިކަލް މަޢުލޫމާތު ހޯދާނެ އިންޑިކޭޓަރތަކެއް އެކުލަވާލުން އަދި އިންޑިކޭޓަރުގެ ސްޓޭޓަސް އަޕްޑޭޓް ކުރުމުގެ ނިޒާމު ޤާއިމުކުރުން.
- އިންޑިކޭޓަރ ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތިމާވެށީގެ މަޢުލޫމާތު ގަވާއިދުން އަޕްޑޭޓްކޮށް ބަލަހައްޓާނެ ނިޒާމެއް ޤާއިމުކުރުން.
- ތިމާވެށްޓާގުޅޭ ތަފާތު ލިތުންޔަކާއި، ދިރާސާ ރިޕޯޓުތަކާއި، ސާރވޭތަކާއި، އަދި އެހެނިހެންވެސް ޕަބްލިކޭޝަންތަކުގެ އަރކައިވެއް ހެދުން.
- ތިމާވެށްޓާ ގުޅޭގެ މަޢުލޫމާތު ޤައުމީ ފެންވަރުގައާއި، އަތޮޅު ފެންވަރުގައާއި، ރަށުފެންވަރުގައި އަދި ފަރުދީ ފެންވަރުގައި ގަވާއިދުން ހޯދޭނެ އިންތިޒާމު ހަމަޖައްސުން.
- ތިމާވެއްޓާ ގުޅޭ ޤައުމީ މަޢުލޫމާތުތައް ކަނޑައެޅޭ އުސޫލެއްގެ މަތިން އެނަލައިޒްކޮށް ތިމާވެށީގެ ޙާލަތު ދައްކުވައިދޭ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތްތައް ކުރުން.
- ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ އަލީގައި ތިމާވެށީގެ ޙާލަތު ދައްކުވައިދޭ ރިޕޯޓު ފައިނަލްކޮށް ޕަބްލިޝްކުރުން.
- ތިމާވެށީގެ ޙާލަތު ދައްކުވައިދޭ ރިޕޯޓުގެ ހޯދުންތައް ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި އާންމުކޮށް ހުރިހާ ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ސްޓެޓިސްޓިކްސް ނުވަތަ ގުޅުންހުރި މާއްދާއެއް ކިޔަވާފައި ހުރުން ނުވަތަ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައި ހުރިމިންވަރު.
- ރާއްޖޭގެ ރަށްރަށަށް ގޮސް ސަރވޭ ކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 03 ސެޕްޓެންބަރު 2015 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 6 އޮގަސްޓު 2015 އާއި 10 ސެޕްޓެންބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
08 ޛުލްޤަޢިދާ 1436
|