ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2025/29
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2025
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 13 މޭ 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

މިރަށު ބަނދަރު ދެކުނުން ތިޔަރަމަގުގެ އިރުމަތީގައި ހުރި، މި އިދާރާއިން ރަތްކުލައިގެ ދަވާދުން (1 އިން 17) އަށް ނަންބަރު ޖަހާފައިވާ 17 ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)269/269/2025/23  އިޢުލާނާއި ގުޅިގެން އަދިވެސް ބައެއް ފަރާތްތަކުން މިއިދާރާއަށް ފޯމް ހުށަހަޅާފައި ނުވާތީ، އެރުއްގަހުގެ ފެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، "އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" ފުރުއްވުމަށްފަހު، 2025 މެއި 13 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިދެންނެވި ފޯމް ތިރީގައިވާ ލިންކުން އަދި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އެރުއްތަކާމެދު ޢަމަލުކުރެވޭނެއެވެ.

     ފޯމްގެ ލިންކް: https://tinyurl.com/yck97wp9

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 މޭ 2025