ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ
|
މަޤާމު:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ކްލެސިފިކޭޝަން:
|
MS2
|
ރޭންކް
|
-/6295 ރުފިޔާ
|
މުސާރަ:
|
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: މުސާރައިގެ %35
|
އެހެނިހެން
އިނާޔަތްތައް
|
01
|
ބޭނުންވާ އަދަދު
|
ސްޓެޓިސްޓިކަލް ސަރވޭސް އެންޑް އެނަލިސިސް
|
ބޭނުންވާ ސެކްޝަން
|
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:
|
- ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ސްޓެޓިސްޓިކްސް އާއިގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
ސްޓެޓިސްޓިކަލް ސަރވޭ އެންޑް ޑޭޓާ ޕްރޮސެސިންގ
- ސްޓެޓިސްޓިކަލް ސަރވޭ އެންޑް ޑޭޓާ ޕްރޮސެސިންގ ސެކްޝަން ހިންގެވުމާ ހަވަލުވެހުންނަވާ އިސްވެރިއެއްގެ ލަފާފުޅާއެކު ސެކްޝަނުގެ މަސައްކަތްތަކާއި ޑިވިޝަނުން ރާވާ ހިންގޭ ސަރވޭތައް ކުރިއަށް ގެންދިއުމާއި އެމަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. މިގޮތުން؛
- ސަރވޭތަކުގެ ސުވާލުކަރުދާސްތައް ތައްޔާރުކޮށް ޕްރީޓެެސްޓްކުރުމާއި ފައިނަލްކުރުން.
- ސަރވޭތަކުގެ ސާމްޕްލިންގގެ މަސައްކަތް ކުރުން.
- ސަރވޭތަކުގެ ބަޖެޓްް އެކުލަވާލާ ޚަރަދުތައް މޮނިޓަރކުރުމާއި، އެނިއުމަރޭޓަރުން ހޯދުމާއި، ލޮޖިސްޓިކްސް އަދި މުޅި އޮޕަރޭޝަން ރާވައި މެނޭޖްްްކުރުމުގައި އިސް ދައުރެއް އަދާކުރުން.
- ސަރވޭތަކުގެ ޕަބްލިސިޓީ މެޓީީރިއަލް ތައްޔާރުކުރުމާއި ޕަބްލިސިޓީ ހަރަކާތްތައް ރާވައި ހިންގުން.
- ސަރވޭތަކުގެ ޓްރެއިނިންގ މެނުއަލް، ޕްރެސެންޓޭޝަން ފަދަ ޓްރޭނިންގ މެެޓީރިއަލް ތައްޔާރުކުރުުން އަދި ތަމްރީނު ދިނުން.
- ސަރވޭތަކުގެ ކޯޑިންގ މެނުއަލްތައް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.
- ސަރވޭތަކުގެ ޑޭޓާކަލެކްޝަން އާއި ސުޕަރވިޝަންގެ މަސައްކަތްކުރުނ އަދި މިމަސައްކަތް މޮނިޓަރކޮށް މެނޭޖްްކުރުންް.
- ސަރވޭތަކުގެ މަޢުލޫމާތު ކޯޑް ކުރުން އަދި މިމަސައްކަތް މޮނިޓަރކޮށް ސުޕަވައިޒްކުރުންް.
- ސަރވޭތަކުގެ ޑޭޓާ އެޑިޓިންގގެ މަސައްކަތް ކުރުން.
- ސަރވޭތަކުގެ ޓެކނިކަަލް އަދި އެނަލިޓިކްލް ރިޕޯޓުތައް އެކުލަވާލުމުގައި ބައިވެރިވެ މިމަސައްކަތް ވިލަރެސްްްކުރުން.
- ސަރވޭގެ ނަތީިޖާތައް ޢާންމުކުރުމުގައި ބައިވެރިވެ މިމަސައްކަތް ވިލަރެސްކުރުން.
- އިނަޓރނޭޝަނަލް ކްލެސިފިކޭޝަންތައް ރާއްޖެއާ ގުޅޭގޮތަށް ބައްޓަންކޮން ކަނޑައެޅޭ ނެޝަނަލް ކޯޑިންގ ސިސްޓަމްތައް އެކުލަވާލުމުގެ މަސައްކަތް ވިލަރެސްކުރުންް.
- ތަފާސްހިސާބު ގަވާއިދުގެ ދަށުން ހުއްދައަށް އެދޭ ސަރވޭތައް ޕްރޮސެސްކޮށް މިސަރވޭތަކުގެ ރަޖިސްޓަރީއެއް ޤާއިމުކޮށް ބެލެހެއްޓުން.
- ތަފާސްހިސާބު ގަވާއިދުގެ ދަށުން ހުއްދަ ނަގައިގެން ކުރާ ސަރވޭތަކުގެ ރިޕޯޓުތައް ދިރާސާކޮށް ކޮމެންޓްކުރުން، އަދި ޑޭޓާ ޔޫސަރުންނަށް ފަސޭހައިން އެކްސަސްވެވޭގޮތަށް ޢާންމުކުރުން
- ސަރުކާރުގެ އެހެން އޮފީސްތަކުން ކުރާ ސަރވޭތަކުގައި އެފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.
- ސަރވޭގެ ޑޭޓާ ކަލެކްޝަން އަދި ޕްރޮސެސިންގއާއި ޑިސެމިނޭޝަން ޒަމާނާ އެއްގޮތަށް މޮޑަނައިޒްކޮށް ތަރައްޤީކުރުމަށް ސެކްޝަން ހެޑްއާ ގުޅިގެން މަސައްކަތްްކުރުން.
- ސަރވޭއާއި ސާމްޕްލިންގގެ ދާއިރާގެ ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ، މިދާއިރާގެ ޓެކްނިކަލް ނޮލެޖް މުއްސަނދިކޮށް މަސައްކަތުގެ ފެންވަރު މަތިކުރުން.
- ޔުނިޓްގެ މަސައްކަތް ޑޮކިއުމަންޓް ކުރުމާއި، ތަރައްޤީކުރުމަށް މަސައްކަތްކުރުން.
- ޔުނިޓުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
- ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
- ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
އިތުރު އިނާޔަތްތައް:
|
މިމަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނުކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.
|
އިންޓަރވިއުކުރުމާއި، އަދި އިމްތިޙާން ކުރުން
|
- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު
- މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ވަޒީފާއަށް އެދޭ ފޯމު
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާދުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.
|
ސުންގަޑި:
|
- ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެ.
- މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.
|
އިތުރު މަޢުލޫމާތު:
|