ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/1/2015/104
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 31 އޮގަސްޓް 2015 14:30
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ގްރެފިކް ޑިޒައިނަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

ގްރެފިކް ޑިޒައިނަރ

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު: 01 އަހަރު

ބޭނުންވާ އަދަދު

01 (އެކެއް)

މުސާރަ

-/9,500 ރ.

އިތުރު އިނާޔަތް: ނިކުންނަ ކޮންމެ ދުވަހަކު -/50 ރ.

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ  "އިސްލާމިކް ސްޓޫޑީއޯ"

މަޤާމުގެ ޝަރުޠު

ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

އިސްލާމިކް ސްޓޫޑިއޯއިން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާ ގްރެފިކްސް ތައްޔާރުކޮށްދިނުމާއި ސްޓޫޑިއޯއިން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާނޭ އުފެއްދުންތެރި ޚިޔާލުދިނުމާއި، މިނިސްޓްރީއިން ބޭނުންވާ ތަފާތު މެޓީރިއަލްސްގެ ޑިޒައިނިންގ ތައްޔާރުކޮށްދިނުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު/ މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަޤާމަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު: މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ހާސިލުކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ.

ސުންގަޑި

  • 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)
  • ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232 އަށް އަދި ފެކްސް ނަންބަރަކީ 3315161
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

05 ޛުލްޤަޢިދާ 1436 

20 އޮގަސްޓް 2015