ތަމްރީނު
ނަންބަރު: (IUL)475-Schol/475/2025/77
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2025
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 20 މޭ 2025 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Long-Term Training by Responsive COVID-19 Vaccination for Recovery Project under the Asia - Pacific Vaccine Access Facility- Financed by Asian Development Bank - Re announced

Long-Term Training by Responsive COVID-19 Vaccination for Recovery Project under the Asia - Pacific Vaccine Access Facility- Financed by Asian Development Bank - Re announced

މިއީ މި މިނިސްޓްރީގެ ނަންބަރ (IUL)475-Schol/475/2025/19 އިޢުލާންގެ ދަށުން އިޢުލާން ކުރެވުނު ފުރުޞަތުތަކުގެ ތެރެއިން ޖާގަހުރި ފުރުޞަތުތަކަށް ކުރެވިފައިވާ އިޢުލާނެކެވެ. 

ކޯހުގެ ޝަރުތު

ޤައުމު

ޢަދަދު

ކޯހުގެ ނަން

ކޯހުގެ ލެވެލް

- ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން

މެލޭޝިޔާ އަދި

ތައިލެންޑް

1

މާސްޓަރސް އިން ހެލްތު އިންފޮރމޭޝަން / ހެލްތު މެނޭޖްމެންޓް

މާސްޓަރސް ލެވެލް

- ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

މެލޭޝިޔާ

1

މާސްޓަރސް އިން ބަޔޯމެޑިކަލް އިންޖިނިއަރިންގ

-   ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

މެލޭޝިޔާ އަދި

ތައިލެންޑް

1

ޕީ.ޖީ ޑިޕްލޮމާ އިން ހެލްތު އިންފޮރމޭޝަން / ހެލްތު މެނޭޖްމެންޓް

ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ ލެވެލް

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

3. މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ އިދާރާއެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ނުވުން 

އިތުރު ޝަތުރު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. ކިޔަވަން އެދޭ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ހޯދާފައިވާ ސަނަދެއްނަމަ، އެހުރިހާ ކޯހެއްގެ ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

4. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

5. ސްކޮލަރޝިޕަށް ހޮވިއްޖެނަމަ، ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް މިނިސްޓްރީ އޮފް ހެލްތުއިން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް އެއްބަސްވާކަމުގެ ލިޔުމެއް (ކެންޑިޑޭޓު ސޮއިކޮށްފައި)

6. މިހާރު ހާސިލްކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލްކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް

7. މިހާރު ވަޒީފާ އަދާކުރަމުންދާނަމަ، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ވަޒީފާ އަދާކުރަމުންދާކަން ބަޔާންކޮށްދޭ ލިޔުން (މި ލިޔުން ވާންވާނީ މި އިޢުލާންގެ ފަހުގެ ތާރީޚުގެ ލިޔުމަކަށް) 

8. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

9. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

މިކޯސްތަކަށް ކެންޑިޑޭޓުން ހޮވުމުގައި އިސްކަންދޭނީ ތިރީގައިވާ މިންގަނޑަށް ބަލައިގެންނެވެ.

* މިފުރުޞަތުތަކަށް މީހުން ހޮވުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ މިސްކޮލަރޝިޕްގައި ކިޔަވާ ނިންމުމަށްފަހު ކަނޑައެޅިފައިވާ މުއްދަތަށް މިނިސްޓްރީ އޮފް ހެލްތު އިން ކަނޑައަޅާ ތަނެއްގައި ޚިދުމަތް ކުރުމަށް އެއްބަސްވާ ފަރާތްތަކަށެވެ. ނަމަވެސް ހުޅުވާލާފައިވާ ފުރުޞަތުގެ ޢަދަދަށްވުރެ ގިނަ ފަރާތްތަކުން މިނިސްޓްރީ އޮފް ހެލްތަށް ޚިދުމަތް ކުރުމަށް އެއްބަސްވާނަމަ، ދެން އިސްކަންދެވޭނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ (މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ވާނެއެވެ). އަދި މެރިޓް ޕޮއިންޓްއިން އެއްވަރުވެއްޖެނަމަ ދެން އިސްކަންދެވޭނީ އެފަރާތްތަކުން ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރުމަށްފަހު ޚިދުމަތްކޮށްފައިވާ/ވަޒީފާއަދާކޮށްފައިވާ މުއްދަތަށެވެ.

* މިސްކޮލަރޝިޕްގެ ދަށުން ކިޔެވޭނީ ފުލްޓައިމްކޮށް އިނގިރޭސި މީޑިއަމަށެވެ.

* ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅަނީ މާސްޓަރސް ކޯހަކަށް ކަމުގައިވާނަމަ، ހުށަހެޅޭނީ 18 (އަށާރަ) މަސްދުވަހަށްވުރެ ދިގުނުވާ މާސްޓަރސް ކޯހަކަށެވެ. 

* މިސްކޮލަރޝިޕްގެ ދަށުން ކޮންމެ ކޯހެއްގެ ކޮންމެ ސްލޮޓަކަށްވެސް 1 ރިޒާވް ކެންޑިޓޭޓް ހޮވުމަށްވަނީ ހަމަޖެހިފައެވެ.

* މިސްކޮލަރޝިޕަކީ މިނިސްޓްރީ އޮފް ހެލްތާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއިއެކު ސޮއިކޮށްފައިވާ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯރ ރިކަވަރީ ޕްރޮޖެކްޓް އަންޑަރ ދަ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ (އޭ.ޕީ.ވީ.އޭ.އެކްސް)" ޕްރޮޖެކްޓްގެ ދަށުން ފަންޑު ކުރުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕް ސްކީމެކެވެ.

* ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ދެކޮޅު ޓިކެޓް، އެސްޓަބްލިޝްމެންޓް އެލަވަންސް، ބުކް އެލަވަންސް، ޑިޕާރޗަރ ފީ، ސްޓައިޕެންޑް އަދި ކޯސް ފީ) މިނިސްޓްރީ އޮފް ހެލްތްގެ އޭ.ޑީ.ބީ ޕްރޮޖެކްޓްގެ ދަށުން ހަމަޖައްސައިދޭނެއެވެ.

* މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ކެންޑިޑޭޓުން ކޯހުގެ ދިގުމިނަށް ބިނާކޮށް، ކަނޑައެޅިފައިވާ މުއްދަތަކަށް މިނިސްޓްރީ އޮފް ހެލްތަށް ޚިދުމަތްކުރުމަށް ޝަރުތު ކުރެވޭނެއެވެ.

* އެޕްލިކޭޝަން ހުށަހަޅާ ކޯހާއި، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) ނުވަތަ ރާއްޖޭގައި މަސައްކަތް ކުރުމުގެ ލައިސަންސް ދޭ އެހެނިހެން އިދާރާތަކުން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ކޯހެއްތޯ ކެންޑިޑޭޓުން ކަށަވަރު ކުރައްވަންވާނެއެވެ.

* ކެންޑިޑޭޓުން ކޯހަށް ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ޕްލޭސްމަންޓް ހޯދާ، ކިޔަވަން ފަށަންވާނެއެވެ. 

* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެއެވެ.

* އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

ސުންގަޑި: 20 މޭ 2025 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން. 

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

06 މޭ 2025