ދިވެހިރާއްޖެ
މިއަހަރު (2025) ޖޫން މަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 މެއި 06 ން 2025 މެއި 15އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:30 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް، މައުލޫމާތު ސާފުކުރާ ފަރާތުގެ ނަމާއި ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ އަދި ގުޅޭނެ ފޯނުނަންބަރު މިސްކޫލުގެ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މައުލޫމާތު ދިނުން އޮންނާނީ 2025 މެއި 15 ވަނަ ދުވަހުގެ 13:45ގައި މާއެނބޫދޫ ސްކޫލް އޮފީހުގައެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 މެއި 19 ވަނަ ދުވަހުގެ 11:00 ގައި މާއެނބޫދޫ ސްކޫލްގައެވެ.
މިމަސައްކަތާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާއެނބޫދޫ ސްކޫލް
ނައިބުތުއްތުމަގު
ދ. މާއެނބޫދޫ، ދިވެހިރާއްޖެ.
ފޯން: 6760608
އީ-މެއިލް: [email protected]