ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 10:24
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާ ގުޅޭ
ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ގޮތުން ފާސްކުރެވުނު ޤާނޫނު ނަންބަރު 22/2005 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް 11 އޮގަސްޓު 2015 ގައި ޢަމަލުކުރަން ފެށުމުން، އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޤާނޫނުގެ 7 އަދި 8 ވަނަ މާއްދާ ތަންފީޒު ކުރުމުގައި ޢަމަލުކުރާނީ މިދަންނަވާ ގޮތުގެ މަތީންނެވެ.
- ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގަވާއިދާ ޚިލާފަށް ޕާކުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލު ކުރާނީ، ގަވާއިދު ނަންބަރު 2012/R-1 (އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައިވާ އުޅަނދުގައި "ޕާކިން ވައިލޭޝަން ސްޓިކަރ" ޖަހައިގެން ޖޫރިމަނާ ކޮށްގެންނެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް އެތަނަކުން ނަގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ އިޚުތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.
- ގިނަދުވަސްތަކެއް ވަންދެން މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދާއި މި ޤާނޫނުގެ 7 ވަނަމާއްދާގެ (ށ) ގެ ދަށުން ނެގޭ އުޅަނދުތަކާމެދު ޢަމަލުކުރާނީ އިސްވެދެންނެވުނު ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މޯލްޑިވްސް ޕޮލިސް ސާރވިސްއިންނެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
19 ޛުލްޤަޢިދާ 1436
19 އޮގަސްޓް 2015