ދިވެހިރާއްޖެ
ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތަކުގެ ތަމްރީނު ޕްރޮގްރާމްތައް ނިންމާ ފަރާތްތައް އިމްތިހާން ކޮށްދޭނެ އެސެސަރުން ހޯދުން
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) ގެ ނެޝަނަލް ސްޓޭންޑަރޑްތަކަށް ހިންގާ އިންސްޓިޓިއުޓް ބޭސްޑް ޓްރެއިނިންގއާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަންގެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތައް އިމްތިޙާން ކޮށްދޭނެ ނޭޝަނަލް އެސެސަރުން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، "އެސެސަރ ރެޖިސްޓްރޭޝަން" ފޯމް ފުރިހަމަކޮށް މިއޮތޯރިޓީއަށް ހުށައެޅުއްވުން އެދެމެވެ.
އެސެސަރުން ބޭނުންވާ ދާއިރާތައް ހިމެނޭ ލިސްޓް އިޢުލާނުގައި ހިމެނިފައިވާނެއެވެ.
އެސެސަރުންގެ އުޖޫރަ: |
އެސެސްކުރުމަށް ހޭދަވާ ކޮންމެ ގަޑިއިރަކަށް -/200 ރުފިޔާ. |
އެސެސަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
އެމް.އެން.އެސް.ޑީ.އޭ އިން ފޯރުކޮށްދޭ ގައިޑްލައިނާ އެއްގޮތަށް އެސެސްކުރުން. |
އެސެސަރުންގެ ޝަރުޠު: |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަ ކޮށްފައިވާ އެސެސަރ ރެޖިސްޓްރޭޝަން ފޯމް (https://forms.gle/fqZCzgQAU1zTsQ7c6) 2. އެސެސަރ ރަޖިސްޓްރޭޝަނަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. އެސެސަރ ރަޖިސްޓްރޭޝަނަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) އެޓެސްޓްކޮށްފައިވާ ކޮޕީ ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ އެޓެސްޓްކޮށްފައިވާ ކޮޕީ. 4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ޓްރާންސްކްރިޕްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ؛ (ހ) ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 6. އަމިއްލަގޮތުން މަސައްކަތްކުރާ ފަރާތެއްނަމަ، އެމް.އެން.އެސް.ޑީ.އޭ ގެ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން ދޫކޮށްފައިވާ ނޭޝަނަލް ސަރޓިފިކެޓް ހުށަހެޅުން. |
ރެޖިސްޓްރޭޝަނަށް ހުށަހެޅުމުގެ ސުންގަޑި: |
ރެޖިސްޓްރޭޝަނަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 18 މެއި 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން ގޫގަލް ފޯމް(https://forms.gle/fqZCzgQAU1zTsQ7c6) މެދުވެރިކޮށެވެ. |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3026611/3026600 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
08 ޛުލްޤަޢިދާ 1446