ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2025/28
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:17
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އަހަރު އަލަށް ދޫކުރެވުނު ގޯތިތަކާއި އެ ގޯތިތަށް ލިބިފައިވާ ފަރާތްތައް އަންގަދޭ ޗާޓް އާންމުކުރުން

ހދ. ވައިކަރަދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލް (23 ޖަނަވަރީ 2024) ގެ 28 ވަނަ މާއްދާގައި ވާ ގޮތުގެމަތިން، 20 އޭޕްރީލް 2025 ވަނަ ދުވަހު ދޫކުރެވުނު ގޯތިތަކުގެ ތެރެއިން އެއްގޯތި އަނެއް ގޯއްޗާއި ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ މި އިދާރާއިން ކުރިން ނަންބަރު 269/269/2025/24(IUL) (21 އޭޕްރީލް 2025) އިޢުލާނާއި ގުޅިގެން ބައެއް ފަރާތްތަކުން އެ ފަރާތްތަކަށް ލިބިފައިވާ ގޯތި ވަނީ ބަދަލުކޮއްފައެވެ. މި ގޮތުން އެ ފަރާތްތަކުގެ އެދުމުގެ މަތިން ގެނެވިފައިވާ ބަދަލާއިއެކު ގޯތިތަށް އެކަށަ އަޅާފައިވާގޮތުގެ ޗާޓް މި އިޢުލާނާއި އެކު އާންމު ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. އެއްވެސް ސަބަބަކާހުރެ ގޯތި ދޫކޮއްލައްވަން ބޭނުންވެލައްވާނަމަ އެކަން ބަޔާންކުރައްވާ މި އިދާރާއަށް ސިޓީ ހުށަހެޅުވުމަށް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

06 މޭ 2025