ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް ގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ 6 - 7 ވަނަ ޕީރިއޮޑިކް ރިޕޯޓާއި އަދި މި ރިޕޯޓާ ގުޅިގެން އ.ދ.ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އިން ފޮނުވާފައިވާ ލިސްޓް އޮފް އިޝޫޒްގެ ދަށުން ހުށަހަޅަންޖެހޭ ޖަވާބާ ގުޅޭގޮތުން، މި ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާ މަޝްވަރާކުރުމަށް މި އޮފީހުން ބޭނުންވެއެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 14 މޭ 2025 ވާ ބުދަ ދުވަހުގެ 11:00 ގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވީމާ، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން، ތިރީގައިވާ ލިންކު މެދުވެރިކޮށް، 11 މޭ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރަޖިސްޓަރކުރައްވާ ފަރާތްތަކަށް ބައްދަލުވުމާ ގުޅުންހުރި އިތުރު މަޢުލޫމާތު ޙިއްޞާކުރެވޭނެއެވެ.
ރަޖިސްޓަރކުރެއްވުމަށް: https://bit.ly/CRCLOI
ރަޖިސްޓަރކުރުމުގެ އެންމެ ފަހުގެ ތާރީޚު: 11 މޭ 2025