ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-IMS/417/2025/76
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:28
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަގުމަތި ބޭނުންކުރާ ފަރާތްތަކާއި ދުއްވާ އެއްޗެހީގެ ދަތުރުފަތުރަށް ދަތިވާގޮތަށް ހަދާފައިވާ އޮޅިގަނޑު/ރޭމްޕް އިސްލާޙުކުރުމާ ގުޅޭ
ގދ. ހޯނޑެއްދޫގެ މަގުތަކުގައި، މަގު ބޭނުންކުރާ މީހުންނަށާއި އުޅަނދުފަހަރަށް ދަތިވާގޮތަށް ގޯތިން ބޭރަށް މަގުމައްޗަށް ނުކުމެފައިވާ އޮޅިގަނޑުތަކާއި ރޭމްޕްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޝަކުވާތައް ކައުންސިލަށް ލިބެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ވީމާ، މިފަދަ އޮޅިގަނޑުތަކާއި ރޭމްޕްތައް ހަދާފައިވާ ފަރާތްތަކުން، މިއަދުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެތަންތަން ރަނގަޅުކޮށް އިސްލާހުކުރުމަށް އަންގަމެވެ. މިގޮތަށް ދެވޭ މުއްދަތުގެ ތެރޭގައި އެކަން ނުކުރާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.
06 މޭ 2025