ދިވެހިރާއްޖެ
އެގިވަޑައިގަންނަވާނެ ފަދައިން ބަނދަރު ހެދިފައިވަނީލަފާފުރާ އެންމެހާ ފަރާތްތަކާއި މުދާއުފުލާ އަދި ބާލާ ފަރާތްތަކުގެ ފަސޭހައަކަށްޓަކައިއެވެ. އެހެންނަމަވެސް، މިހާރަކަށްއައިސް ބައެއް ފަރާތްތަކުން ކަނޑުގައި ދުއްވާ އުޅަނދުފަހަރުތައް ބަނދަރުގެ އެއްގަމު ތޮށީގެ ޖާގަ ގެއްލޭގޮތަށް އަޅަމުން ދިއުމުން މިދެންނެވި ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫވަމުންދާތީ އެކަމުގެ ޝަކުވާ މިކައުންސިލަށް ލިބިފައިވެއެވެ. އަދި މިކައުންސިލަށްވެސް އެކަންވަނީ ފާހަގަ ކުރެވިފައެވެ.
ވީމާ، ބަނދަރުގެ އެއްގަމު ތޮށީގެ ޖާގަގެއްލޭގޮތަށް އަޅާފައިވާ އުޅަނދުތައް މިއަދުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނަގައި ބަނދަރުގެ ދަތި އުދަނގޫ ފިލުވުމަށް ދަންނަވަމެވެ. އަދި ބަނދަރު ބެލެހެއްޓުމާބެހޭ އުޞޫލާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮއް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.