ކުއްޔަށް ހިފުން
ނަންބަރު: (IUL)283-IE/283/2025/16
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2025
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 15 މޭ 2025 10:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީގެ ބޭނުމަށް ގެއެއް ކުއްޔަށް ހިފުމާއިބެހޭ

އެމް.ޓީ.ސީ.ސީގެ ފަރާތުން ފުނަދޫގައި ކުރިއަށް ގެންދާ ޝޯރ ޕްރޮޓެކްޝަން ސްޓްރަކްޗަރސް ޕްރޮޖެކްޓްގެ މަސައްކަތުގައި ފުނަދޫގައި މަސައްކަތްކުރާ އެމް.ޓީ.ސީ.ސީގެ މުވައްޒަފުން ތިބުމަށްޓަކައި 01 ކޮޓަރި ނުވަތަ 2 ކޮޓަރި،01 ފާޚާނާ ނުވަތަ 2 ފާޚާނާ ، ސިޓީންގ ރޫމް، ބަދިގެ އަދި ކާތަން ހިމެނޭގޮތަށް 03 މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 މެއި 15 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކައުންސިލަށް ދުރުވެ އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އަގު ހުށަހަޅާ ފޯމް" ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6540052 ފޯނާއި ގުޅުއްވުން އެދެމެވެ.

06 މޭ 2025