މަސައްކަތް
ނަންބަރު: L6MC-D/2015/11
ޕަބްލިޝްކުރި ތާރީޚް: 24 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 02 ސެޕްޓެންބަރު 2015 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފީއަލީގައި އަލަށް ޢިމާރާތްކުރާ ކޯޓް ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއަތޮޅު ފީއަލީގައި އަލަށް ޢިމާރާތްކުރާ ކޯޓް ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކޮށްފައިވާ މިކޯޓުގެ ނަންބަރު: L6MC-D/2014/14ފ(27 އޮކްޓޫބަރު 2014) އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 02 ވާ ބުދަ ދުވަހުގެ 11:00 އަށް ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ފ. ފީއަލި މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ސެޕްޓެންބަރު 09 ވާ ބުދަ ދުވަހުގެ 11:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

09 ޛުލްޤަޢިދާ 1436

24 އޮގަސްޓް 2015