ބީލަން
ނަންބަރު: (IUL)264/PRIV/2025/40
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 15 މޭ 2025 11:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޮޅިވަރަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބް ޖަމިއްޔާތަކުން 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

        1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ނޮޅިވަރަމުގައި ފާހަގަކުރުމަށް ޝައުޤުވެރިވާ ކުލަބް ޖަމިއްޔާތަކުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.

        ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ޢީދުގައި ކުޅޭނެ ކުޅިވަރުތަކާއި، ކުލަބް ޖަމިއްޔާއިން ކުރައްވާނެ ޚަރަދުތަކާއި އަދި އަގެއް ނުނަގައި ކުރިއަށް ގެންދާނެ ހަރަކާތްތައްވެސް ހިމަނަންވާނެއެވެ. މީގެއިތުރުން، މުޅިރައްޔިތުން ގުޅިގެން ކުރިއަށް ގެންދާނެ ހަރަކާތްތަކާއި އަދި ޢީދުކުޅިވަރުތައް ދިރުވާ އާލާކުރުމުގެ ގޮތުން ކުރާނެ މަސައްކަތްތައްވެސް ހިމަނަންވާނެއެވެ. ޢީދު ފާހަގަކުރުމުގެ ގޮތުން ޕްރޮޕޯސަލް ހުށަހަޅާ ކޮންމެ ޖަމިއްޔާއަކަށް މި ކައުންސިލުން ބަލާ މިންގަނޑުތަކަށް ފެތޭނަމަ -/10,000 ރުފިޔާގެ ގްރާންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ރަށުގައި އުފެދިފައިވާ ހުރިހާ ކުލަބް ޖަމިއްޔާތައް ގުޅިގެން އެއް ޕްރޮޕޯސަލެއް ހުށަހަޅާނަމަ މި ކައުންސިލުން ބަލަންޖެހޭ ކަންކަމަށް ބަލައި 25,000 ރުފިޔާ އާއި 30,000 ރުފިޔާ އާއި ދެމެދުގެ ގްރާންޓެއް ދެވޭނެއެވެ. އަދި، ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ނަމަ އެފަރާތައް 25,000 ރުފިޔާ އާއި 30,000 ރުފިޔާ އާއި ދެމެދުގެ ގްރާންޓެއް ދިނުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ. މީގެއިތުރުން، ދެފަރާތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި އެއް އައިޓަމެއް ހިމަނާފައިވާނަމަ އެފަރާތްތަކާއި މަޝްވަރާކޮށް ގޮތެއް ނިންމާނީ ނޮޅިވަރަމު ކައުންސިލުންނެވެ.

        ވީމާ، ނޮޅިވަރަމުގެ އެއްވެސް ކުލަބް ޖަމްއިއްޔާއަކުން ނުވަތަ ހުރިހާ ޖަމްއިއްޔާތައް ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ބޭނުންފުޅުވާނަމަ 2025 މެއި 15 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކައުންސިލަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ

ފޯން: 6520043

އީ-މެއިލް: [email protected]

05 މޭ 2025