މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/220
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 08 ސެޕްޓެންބަރު 2015 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހދ. ނޭކުރެންދޫ ޞިއްޙީމަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން

ހދ. ނޭކުރެންދޫ ޞިއްޙީމަރުކަޒު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހދ. ނޭކުރެންދޫ ޞިއްޙީމަރުކަޒު ނުވަތަ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00އަށް ހދ. ނޭކުރެންދޫ ޞިއްޙީމަރުކަޒު ނުވަތަ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015