މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/217
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 03 ސެޕްޓެންބަރު 2015 10:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިންޓަރނޭޝަނަލް ބޯޑަރ ހެލްތު ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:30އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015