މަސައްކަތް
ނަންބަރު: (IUL)455/1/2015/18
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި:
01 ސެޕްޓެންބަރު 2015 11:00
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކާރޓަންސް ފަހައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން
ކާރޓަންސް ފަހައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން
މިކޮމިޝަނަށް ބޭނުންވާ ކާރޓަންސް ފަހައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 1 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 6 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކޮމިޝަނަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.
މިއަންދާސީހިސާބާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.
- އަގު: %55
- ތަޖުރިބާ: %25 (ތަޖުރިބާއަށް މާކްސް ދެވޭނީ 2012 ވަނަ އަހަރުގެފަހުން މިފަދަ މަސައްކަތެއް ނިންމާފައިވާކަން އެނގޭ ގޮތަށް ދީފައިވާ ލިޔުންތަކަށެވެ.)
- މުއްދަތު: %20 (މުއްދަތު ގުނޭނީ ރަސްމީ ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.)
ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާު ބަލައިގަތުމަށް ހަމަޖެހިފައިނުވާވާހަކަ ދެންނެވީމެވެ.
12 ޛުލްޤަޢިދާ 1436
27 އޮގަސްޓް 2015