ބީލަން
ނަންބަރު: (IUL)264/PRIV/2025/39
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 13 މޭ 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ނޮޅިވަރަމުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކްގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)264/PRIV/2025/30 (8 އޭޕްރިލް 2025) އިޢުލާން ވަނީ ހުށަހަޅާފައިވާ ބީލަމުގެ އަގުބޮޑުވުމުގެ ސަބަބުން ބާޠިލު ކުރެވިފައެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 13 މެއި 2025 ވާ (އަންގާރަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީކުރަންވާނެއެވެ. ރަޖިސްޓަރ ވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓާއި، މަޢުލޫމާތު ކަރުދާސް އަދި ކުރެހުންތައް ފޯރުކޮށްދެވޭނެއެވެ.

ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/g2Mw7By3yYdA3VZy5

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

13 މެއި 2025 (އަންގާރަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

14 މެއި 2025 (ބުދަ)

10:00

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

އީ-މެއިލް:[email protected]

04 މޭ 2025