ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)23-AP/1/2015/218
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:02
ސުންގަޑި: 03 ސެޕްޓެންބަރު 2015 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑުއަލް ޓެމްޕެރޭޗަރ ޒޯން ޔުނިޓް ހޯދުމަށް

ސީޑީސީ އިންފުލުއެންޒާ ގްރާންޓްގެ ދަށުން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އިންފުލުއެންޒާއަށް ޓެސްޓުކުރުމަށް ބޭނުންވާ ޑުއަލް ޓެމްޕެރޭޗަރ ޒޯން ޔުނިޓް ހޯދުމަށް ކުރެވުނު މިނިސްޓްރީގެ ނަންބަރު IUL) 23-AP/1/2015/188)ފ(06 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު ސީޑީސީ އިންފުލުއެންޒާ ގްރާންޓްގެ ދަށުން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އިންފުލުއެންޒާއަށް ޓެސްޓުކުރުމަށް ބޭނުންވާ ޑުއަލް ޓެމްޕެރޭޗަރ ޒޯން ޔުނިޓް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015