ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (4)DS/2015/10
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 01 ސެޕްޓެންބަރު 2015 13:00
ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
5 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ތިރީގައި ދަންނަވާފައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް މި ސްކޫލަށް 5 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއްޖެއެވެ.

Specification for desktop computer system

Processor:                    Intel Core i5, 2.5 GHz, 3 MB Cache

Memory:                     4 GB RAM, DDR 3 Dual Channel

Hard Disk 1:                 500 GB SATA Hard-disk drive

Hard Disk 2:                 1 TB SATA Hard-disk drive

Optical Drive:                 Internal 16x DVD Writer / ReWriter

Graphics:                    2GB dedicated graphics card (2 output ports)

Monitor:                    21” LCD TFT Widescreen, Resolution: 1920 x 1080

Network Interface:            Integrated Gigabit Ethernet

Ports:                     Four USB 2.0 (2‐Front 4‐Rear)

                         Two PS/2 or two extra USB 2.0 

Keyboard:                  PS/2 or USB QWERTY enhanced AT‐type Keyboard

Mouse:                    PS/2 or USB Optical Scroll Mouse, including mouse pad

Software:                   Genuine Windows 7 Professional 64-bit

Warranty:                  1 year parts and service

މި ސްކޫލަށް 5 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ކުރި ނަންބަރު DS/2015/05ފ(4) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ބިޑްގެ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ. 

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

08 ޛުލްޤަޢިދާ 1436

23 އޮގަސްޓް 2015