ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS102/IUL/2015/04
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި:
03 ސެޕްޓެންބަރު 2015 15:00
ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
3 ކޮމްޕިއުޓަރސިސްޓަމް ހޯދަން
މި ސްކޫލަށް 3 ކޮމްޕިއުޓަރ ސިސްޓަމް ހޯދަން ބޭނުންވެއްޖެ.
މި ސްކޫލަށް ބްރޭންޑް ނިއު 3 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއްޖެއެވެ. ކޮމްޕިއުޓަރ ސިސްޓަމްގައި ތިރީގައި މިދަންނަވާ ކަންތައްތައް ހުންނަންވާނެއެވެ.
1. އިންޓަލް ކޯ i3 ނުވަތަ i4 ގެ ޕްރޮސެސާ
2. 4GB ގެ މެމޮރީ ރެމް.
3. 500GB ގެ ހާޑް ޑިސްކް
4. ވައިޑް ސްކްރީން މޮނިޓާރ
5. ޖެނުއިން ސޮފްޓްވެއަރ އަޅާފައި
ވީމާ، މި ދެންނެވި ސިފަތައް ހުރި ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ ކުރިން މި ސްކޫލުގެ ޖީ މެއިލް [email protected] އަށް ކޯޓޭޝަންތައް ފޮނުވައިދިނުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7941525 ނުވަތަ 9103290 ފޯނާއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 އޮގަސްޓް 2015