ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS42/2015/12
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 06 ސެޕްޓެންބަރު 2015 14:00
އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޓްރޮފީ، ޕްލާރކް އަދި އިނާމުގެ ގޮތުގައި ދެވޭ އެހެނިހެން ތަކެތި ގަންނަން

ޓްރޮފީ، ޕްލާރކް އަދި އިނާމުގެ ގޮތުގައި ދެވޭ އެހެނިހެން ތަކެތި ގަންނަން ބޭނުންވެއްޖެ

މިމަދަރުސާގެ މިހިނގާ 2015 ވަނަ އަހަރުގެ އިނާމު ދިނުމަށް ބޭނުންވާ ޓްރޮފީ، ޕްލާރކް އަދި އެހެނިހެން ތަކެތި ގަންނަން ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް މިހިނގާ ސެޕްޓެންބަރު މަހުގެ 07 ވަނަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ. ނުވަތަ އެދުވަހު މިމަދަރުސާއިން ބާއްވަވާ ފޯން ކޮންފަރެންސް ބައްދަލުވުމުގައި ބައިވެރިވެ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މިދެންނެވި ފޯން ކޮންފަރެންސްގައި ބައިވެރިވުމަށް 06 ސެޕްޓެންބަރު 2015ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ގުޅުއްވައި ނަންނޯޓް ކުރުމަށް ދަންނަވަމެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިމަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލް މުޙަންމަދު ސަމާލު ފޯން: 7767325 ނުވަތަ 6680021 ގުޅުއްވުން ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާނީ 10 ސެޕްޓެންބަރު 2015ވާ އަންގާރަ ދުވަހުގެ 14:00 އަށް މިމަދަރުސާއަށެވެ. ނުވަތަ އެދުވަހު ހެނދުނު 8:00 ން - 14:00އަށް މިމަދަރުސާގެ މެއިލް އެޑްރެހަށް ([email protected]) މެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބިޑްތައް މެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކުން އެދުވަހުގެ 14:00ގެ ކުރިން ފޮނުއްވެވި މެއިލް މިމަދަރުސާއަށް ލިބިފައިވޭތޯ ކަށަވަރު ކުރަންވާނެއެވެ. އަދި އެދުވަހުގެ ދެންނެވިފައިވާ ގަޑިއަށްވުރެ ފަހުން ފޮނުއްވާ ބިޑްތައް ބަލައިނުގަނެވޭނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ފޮނުއްވާ / ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

23 އޮގަސްޓް 2015