ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 145-SP/2015/50
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 02 ސެޕްޓެންބަރު 2015 11:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމެއް ހޯދަން

ކްރިމިނަލް ކޯޓަށް ސައުންޑް ސިސްޓަމެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު 2015/45/SP-ފ145 (12 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، 02 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ވީމާ، ސައުންޑް ސިސްޓަމް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 02 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ސެޕްޓެންބަރު 07 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015