ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 198-F/2015/68
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 31 އޮގަސްޓް 2015 13:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
2 ފޮޓޯކޮޕީމެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

މި ޑިޕާޓްމަންޓަށް 2 ފޮޓޯކޮޕީމެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު F/2013/35ފ-198 (4 މޭ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް މި ޑިޕާޓްމަންޓުން ދީފައިވާ ސްޕެކްސިފިކޭޝަނާ ދިމާނުވާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓު 2015 ވަނަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ޛުލްޤަޢިދާ 1436

25 އޮގަސްޓް 2015