ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު:
މިކުންފުނީގެ ބޭނުންމަށް ސެލްފް ލޮކް ސީލް ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: PRC-MPL/IUL/2025/44 (16 އެޕްރީލް 2025) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސެޝަނަށް އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިފައި ނުވާތީ، އަދި މަޢުލޫމާތު ކަރުދާސް (ޓާރމްސް އޮފް ރެފަރެންސް) އަށް ބަދަލުއައިސްފައިވާތީ މިދެންނެވި އިޢުލާން ބާތިލްކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް އަލުން ހުޅުވާލަމެވެ.
މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރެފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ.
| 
 ޕްރީ-ބިޑް މީޓިންގ:  | 
|
| 
 ތާރީޚް:  | 
 6 މެއި 2025  | 
| 
 އެޑްރެސް/ތަން:  | 
 ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ  | 
| 
 ގަޑި:  | 
 14:00  | 
| 
 ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:  | 
|
| 
 ތާރީޚް:  | 
 18 މެއި 2025  | 
| 
 އެޑްރެސް/ތަން:  | 
 ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ  | 
| 
 ގަޑި:  | 
 14:00  | 
2- ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު މަޢުލޫމާތު:
- މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ-ބިޑް މީޓިންގ އަށް ގަޑިއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
 - ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
 - މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 5 މެއި 2025 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
 - 3009292 – ޕްރޮކިއުމަންޓް ޔުނިޓް
 - [email protected]