ޢާންމު މަޢުލޫމާތު
ނަންބަރު: 113-CCD/I-2015/92
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:25
ސުންގަޑި: 26 އޮގަސްޓް 2015 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސް ގިނަދުވަސްވެފައިވާ މުދަލުގެ ތަފުސީލު

ތިރީގައި ބަޔާންކުރެވިފައި މިވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލައިފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސް ގިނަދުވަސްވެފައިވާ މުދަލުގެ ތަފުސީލެވެ.

ވީމާ، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި މިމުދާތައް ބަނދަރުން ކްލިއަރ ކުރެއްވުމަށް މުދަލުގެ ވެރިފަރާތްތަކަށް ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާމެދު ޢަމަލު ކުރުމަށް މިކުންފުނީގައި ހަމަޖެހިފައި އޮންނަ ގަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ ނީލަމުގައި ވިއްކާނުލެވުނު މުދަލެއް ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލަން ހިނގި ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

5 ޛުލްޤަޢިދާ 1436

20 އޮގަސްޓް 2015