ކުއްޔަށް ދިނުން
ނަންބަރު: 116-A51/IL/2015/53
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 30 އޮގަސްޓް 2015 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކައުންޓަރު ކުއްޔަށް ހިފުމަށް ފުރުޞަތު ހުޅުވާލުން

ޓުއަރިސްޓް ރެޕްރެސެންޓޭޓިވް ކައުންޓަރު ކުއްޔަށް ހިފުމަށް ފުރުޞަތު ހުޅުވާލުން

1. އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލް ސަރަހައްދުގައިވާ ޓުއަރިސްޓް ރެޕްރެސެންޓޭޓިވް ކައުންޓަރުތައް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަކުން ކަަަައުންޓަރު ކުއްޔަށް ހިފަން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

2. ޓުއަރިސްޓް ރެޕްރެސެންޓޭޓިވް ކަަަައުންޓަރުތަކުގެ ޒޯން އަދިި މަހުކުލީގެ އޮނިގަނޑު

   2.1 ތިރީގައިވާ ތާވަލަކީ ޒޯންތަކާއި ކައުންޓަރުގެ އަދަދާއި އެޒޯންތަކަށް ކުރިމަތިލެވޭނެ ފަރާތްތަކެވެ.

ޒޯން

ކައުންޓަރުގެ

އަދަދު

ކުރިމަތިލެވޭ ފަރާތްތައް

މަހުކުލި

(އެމެރިކާ ޑޮލަރު)

ޒޯން ސީ

03

ރިޒޯޓް ހިންގާ ކުންފުނި، ޓޫރިސްޓް ހޮޓާ، ޓުއަރ އޮޕަރޭޓަރ/ޓްރެވަލް އެޖެންޓް

449

ޒޯން ޑީ

01

ރިޒޯޓް ހިންގާ ކުންފުނި، ޓޫރިސްޓް ހޮޓާ، ޓުއަރ އޮޕަރޭޓަރ/ޓްރެވަލް އެޖެންޓް

467

ޒޯން އީ

01

ރިޒޯޓް ހިންގާ ކުންފުނި، ޓޫރިސްޓް ހޮޓާ، ޓުއަރ އޮޕަރޭޓަރ/ޓްރެވަލް އެޖެންޓް

467

ޒޯން ޖީ

01

ރިޒޯޓް ހިންގާ ކުންފުނި، ޓޫރިސްޓް ހޮޓާ، ޓުއަރ އޮޕަރޭޓަރ/ޓްރެވަލް އެޖެންޓް

467

ޒޯން އެޗް

02

ރިޒޯޓް ހިންގާ ކުންފުނި، ޓޫރިސްޓް ހޮޓާ، ޓުއަރ އޮޕަރޭޓަރ/ޓްރެވަލް އެޖެންޓް

467

   2.2 ޝަރުޠު ހަމަވާ ފަރާތްތަކަށް ދޭނެ ކައުންޓަރު ކަނޑައެޅުމަށް ނަގާ ގުރުއަތުން ހޮވޭ ކައުންޓަރު ޤަބޫލުކުރަންވާނެއެވެ. ގުރުއަތުން ހޮވޭ ކައުންޓަރު ޤަބޫލުނުކުރާނަމަ އެފަރާތެއްގެ އެޕްލިކޭޝަން އެމް.އޭ.ސީ.އެލް އިން ބާޠިލުކުރާނެ ވާހަކަ ދަންނަވަމެވެ.

3. ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހެޅުން ލާޒިމް ލިޔުންތައް

  ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީއެވެ.

  3.1  ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓުފިކެޓު.

  3.2  ކުންފުނި ހިންގުމަށް ޓުއަރިޒަމް މިނިސްޓްރީން ދެވިފައިވާ ހުއްދަ.

  3.3  ޓީ.ޖީ.އެސް.ޓީ ސެޓުފިކެޓު.

4. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  އެޕްލިކޭޝަން ހުށަހެޅުމާ ގުރުއަތު ނެގުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމުގެ ބައްދަލުވުން 30 އޮގަސްޓު 2015 ވަނަ ދުވަހުގެ 10:30 ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޯޕަރޭޓް ބިލްޑިންގގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޓުއަރިސްޓް ރެޕްރެސެންޓޭޓިވް ކަަަައުންޓަރެއް ކުއްޔަށް ހިފަން ޝައުޤުވެރިވާ އަދި ޝަރުޠު ހަމަވާ އެންމެހައި ފަރާތްތަކުގެ އެއް މަންދޫބު މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ.

5. އެޕްލިކޭޝަން ހުށަހެޅުން

  އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ 31 އޮގަސްޓު 2015 ވަނަ ދުވަހުން ފެށިގެން 06 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހުގެ 15:30 އަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޮމަރޝަލް އެންޑް މާރކެޓިންގ ސެކްޝަނުންނެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމުން، ޓުއަރިސްޓް ރެޕްރެސެންޓޭޓިވް ކަަަައުންޓަރުތައް ކުއްޔަށް ދޫކުރުމުގެ އެގްރީމެންޓްގެ ޑްރާފްޓެއް އެފަރާތަކާ ހަވާލުކުރެވޭނެއެވެ.

6. ގުރުއަތުލުމުގެ ބައްދަލުވުން

  ގުރުއަތުލުމުގެ މަރުހަލާއަށް ހޮވުނު ފަރާތްތަކުގެ މެދުގައި ގުރުނެގުމަށް ހަމަޖެހިފައިވަނީ 07 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 10:00 ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޯޕަރޭޓް ބިލްޑިންގގައެވެ. ގުރުއަތަށް ހޮވިފައިވާ އެންމެހައި ފަރާތްތަކުގެ އެއް މަންދޫބު މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާކަމެކެވެ.

7. އިތުރު މައުލޫމާތު ހޯއްދެވުމަށް:

  ކޮމަރޝަލް އެންޑް މާރކެޓިންގ

  މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

  ހުޅުލެ 22000

  ދިވެހިރާއްޖެ

  ފޯން: 3337156 ، 3337215 ، 3337495 ، 3337047

  އީ-މެއިލް: [email protected]

20 އޮގަސްޓް 2015