ވަޒީފާގެ ފުރުޞަތު
ނަންބަރު: GS57/2015/28
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 01 ސެޕްޓެންބަރު 2015 14:00
ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

  މަޤާމު:                       މަސައްކަތު

  ބޭނުންވާ އަދަދު:                 1 (އެކެއް)

  ރޭންކް:                      އެސް. އެސް 1

  ކްލެސިފިކޭޝަން :               ސަޕޯޓް ސްޓާފް ގްރޭޑް 1

  މުސާރަ :                    -/3100 ރުފިޔާ

  ސަރވިސް އެލަވަންސް             -/1000 ރުފިޔާ

  ވަޒީފާއޮތް އޮފީސް:                ހުޅުދުއްފާރު ސްކޫލް

  ގިންތި:                      ދާއިމީ

ޝަރުޠު:  

- ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު

މަޤާމުގެ މަސްއޫލިއްޔަތު:

- ސްކޫލްގެ ގޯތިތެރެއާއި ގޯތިން ބޭރުން ސްކޫލަށް ކަނޑައެޅިފައިވާ ސަރަހައްދާއި ސްކޫލްގެ ޢިމާރާތްތަކާއި ފަރުނީޗަރާއި އެހެނިހެން ތަކެތި ސާފުކޮށް ބެލެހެއްޓުން. ދަރިވަރުންނާއި ބެލެނިވެރިންނަށް ސްކޫލްގެ ފަރާތުން ދެވޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސްކޫލުގެ ވެރިންނަށާއި މުދައްރިސުންނަށް އެހީތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު

- މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަން ބެލުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 6 ސެޕްޓެންބަރު 2015ވާ އާދީއްތަ ދުވަހުއެވެ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

އުޖޫރައާއި އިނާޔަތްތައް:

- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް  www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަޤާމާ ގުޅޭ ދާއިރާއެއްގައި ވަޒީފާ އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ މަޤާމުގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ހުޅުދުއްފާރު ސްކޫލު އޮފީހަށެވެ.

ތަކެތި ހުށަހެޅުއްވުމުގެ ސުންގަޑިއަކީ 1 ސެޕްޓެންބަރު 2015ވަނަ ދުވަހުގެ 14:00.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަންބަރު 6580097 ފޯނަށް ގުޅުއްވުން އެދެމެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ސިޓީތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

5 ޛުލްޤަޢިދާ 1436

20 އޮގަސްޓް 2015