ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2025/79
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 08 މޭ 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ބައިނަލްއަޤްވަމީ މަންމައިންގެ ދުވަސް ފާހަގަކުރުމާއި ގުޅޭ

 

               މިއަހަރުގެ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 2025 މެއި 11 ގައި ދުވާފަރުގެ މަންމައިންނަށް އަމާޒުކޮށްގެން ޚަރަކާތެއް ކުރިޔަށްގެންދިޔުމަށް ދުވާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ނިންމާފައެވެ.

               ވީމާ، މިޚަރަކާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 މެއި 08 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީގެ ރައީސާ އާމިނަތު އަޙްމަދު (7434345)، ނާއިބް ރައީސާ މަރިޔަމް ޢަބްދުﷲ (9514731) އަދި މެމްބަރ އާލިޔާ އަޙްމަދު (7957559) އަށް ބައިވެރިވާން އެދޭ ފަރާތުގެ ފުރިހަމަ ނަމާއި ފޯން ނަންބަރު މެސެޖްކުރައްވައި ނަންނޯޓް ކުރެއްވުންއެދެމެވެ.

 

 

 

          ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.            

          01 ޛުލްޤައިދާ 1446

29 އެޕްރީލް 2025