ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2015/208
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 31 އޮގަސްޓް 2015 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެނިއުމަރޭޓަރސް (ސުވާލުދާރުން)

މަޤާމު

އެނިއުމަރޭޓަރސް (ސުވާލުދާރުން)

މުސާރައާއި އިނާޔަތްތައް

ދުވާލަކަށް -/300 ރުފިޔާ އަދި މީގެ އިތުރުން މަސައްކަތުގެ ގޮތުން ދޭންޖެހޭ އެހެނިހެން އިނާޔަތްތައް ދެވޭނެ ވާހަކަ ދަންނަވަމެވެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ، އަތޮޅުތެރެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  16/2015

ބޭނުންވާ އަދަދު

100

ބޭނުންވާ މުއްދަތު

ސާރވޭގެ ޓްރެއިނިންގ ފެށިގެން ފީލްޑް މަސައްކަތް ނިމެންދެން. (4 މަހާއި 6 މަހާ ދެމެދުގެ ދުވަހުގެ މުއްދަތުގެ ނިޔަލަށް).

ޝަރުޠު

  1. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

އިންޓަރވިއު ކުރުމުގައި ބެލެވޭނެ ކަންތައްތައް

  1. އެކި މިޒާޖުގެ މީހުންނާ މުޢާމަލާތު ކުރުމުގެ ޤާބިލުކަން.
  2. އިނގިރޭސި އަދި ދިވެހިބަހުން ފަރިތަކަމާއެކު ލިޔަންކިޔަން އެނގުމުގެ ހުނަރު.
  3. އިސް ނަގައިގެން މަސައްކަތް ކުރުމުގެ ހުނަރު.
  4. އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު.
  5. ސުޕަވައިޒަރު ދޭ އިރުޝާދުގެ ދަށުން މަސައްކަތް ރާވައި ހިންގުމުގެ ޤާބިލުކަން.
  6. ބައިވެރިވެފައިވާ ސާރވޭތަކުގެ ތަޖުރިބާ.
  7. ގިނަ ދުވަސް ވަންދެން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރު ކުރުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގައި ފީލްޑް މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދާނީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށުން ސާރވޭ ކުރުމަށް ގުރުއަތުން ހޮވޭ ގެތަކަކަށް ޒިޔާރަތްކޮށް އެގޭގައި ދިރިއުޅޭ ސާރވޭ ކުރުމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކާ ބައްދަލުކޮށް ކަނޑައެޅިފައިވާ އުސޫލުން ސުވާލުކޮށް މަޢުލޫމާތު އެއްކުރުމަށެވެ. 

މައިގަނޑު މަސައްކަތްތައް.

  1. މޯލްޑިވްސް ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގައި ބޭނުންކުރާ ގޭބިސީތަކުގެ ލިސްޓް އަދި ސާމްޕަލްގައިވާ ގޮތުގެ މަތިން ސާރވޭ ކުރަންޖެހޭ ގޭބިސީތައް ފާހަގަކޮށް އެ ގޭބިސީތަކުގެ ސުވާލުތައް ފުރިހަމަ ކުރުން.
  2. ސާރވޭގައި ފުރިހަމަ ކުރުމަށް ކަނޑައެޅިފައިވާ ސުވާލުކަރުދާސްތައް ފުރިހަމަ ކުރުން.
  3. ސާރވޭގައި ބައިވެރިވާ މީހުންނާ ސުވާލުކަރުދާހުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ސުވާލުކުރުމާއި، ހުރިހާ ސުވާލެއް ފުރިހަމަ ކުރެވިފައިވޭތޯ ބަލައި ޗެކްކުރުމާއި އަދި އެކަމާބެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން.
  4. ސާރވޭ ފީލްޑުގައި މަސައްކަތް ކުރަމުންދާއިރު، ކޮންމެ ސުވާލުދާރަކު ވެސް މަސައްކަތްތައް ނިންމަމުންދާ ވަރަކުން އެ ސުވާލުދާރެއްގެ ސުޕަވައިޒަރާ މަޢުލޫމާތު ހިއްސާކުރުން.
  5. ސާރވޭ ކުރުމުގެ މެނުއަލްގައި، ސާރވޭ ކުރުމަށް ކަނޑައަޅާފައިވާ އެންމެހާ ކަންތައްތައް ފުރިހަމަކުރުން.

ނޯޓު

* ސުވާލުދާރުންނަށް ސާރވޭގެ ހުރިހާ ބައިތަކެއްގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު ސާރވޭގެ ތަމްރީނުގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ. ސާރވޭގައި މަސައްކަތް ކުރެވޭނީ މި ތަމްރީނު ނިންމުމަށް ފަހުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ފޯނު ނަންބަރު 3014330،3014335 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި: 31 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

20 އޮގަސްޓް 2015